މަޝްހޫރު ކަމުގެ އަނދިރި އަދި ބިރުވެރި ފަރާތް ބޮޑުދައިތަ ޖޫލިއާ ރޮބާޓްސްގެ ފަރާތުން ފެނިފައިވާ ކަމަށް މަޝްހޫރު އެކްޓަރު އެމާ ރޮބާޓްސް ބުނެފި އެވެ.
ދާދި ފަހުން ނެރުނު ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އެމާ ބުނީ ބޮޑުވަމުން އައިއިރު ޖޫލިއާގެ ދިރިއުޅުން ވަރަށް ގާތުން ފެނުނު ކަމަށާއި ރަނގަޅު ކަންކަމާއެކު ގޯސް ކަންކަން ވެސް ފެނިފައިވާ ކަމަށެވެ. އެގޮތުން އާއްމުންނާއި މީޑިއާގެ ސަމާލުކަން މާބޮޑަށް ހަޔާތަށް ލިބުމުން އަމިއްލަ މިނިވަންކަން ގެއްލޭ ހިސާބަށް ދިޔަ ކަމަށް އެމާ ބުނެފައިވެ އެވެ.
އެމާ އިތުރަށް ބުނެފައިވަނީ އޭނާގެ އާއިލާއަކީ ފިލްމީ އާއިލާއެއް ނަމަވެސް އާއިލާގެ އެއްވެސް މީހެއްގެ މަޝްހޫރު ކަމުގައި ކުރިއަށްދާން ބޭނުންނުވާ ކަމަށެވެ.
އެގޮތުން އެންމެ ކުޑައިރުއްސުރެ ވެސް ބޭނުންވާ އޭނާގެ އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާގައި ކާމިޔާބީ ހޯދަން ކަމަށް އެމާ ބުންޏެވެ.
އެމާއަކީ މަޝްހޫރު އެކްޓަރުން ގިނަ އާއިލާއަކަށް ނިސްބަތްވާ ތަރި އެކެވެ. ބޮޑު ދައިތަ ޖޫލިއާގެ އިތުރުން ބައްޕަ އެރިކް ރޮބާޓްސްއަކީ ވެސް އެކްޓަރެކެވެ.
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި