މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގައި އެތައް އަހަރެއް ވަންދެން "އަޔަން މޭން" ގެ ގޮތުގައި ފެނުނު މަޝްހޫރު އެކްޓަރު ރޮބަޓް ޑައުނީ ޖޫނިއާ، ކުރިއަށް އޮތް ފިލްމު "އެވަންޖާސް ޑޫމްސްޑޭ"އިން އެ ފްރެންޗައިޒްއަށް އެނބުރި އަންނަނީ ވިލަންއެއް ކަމަށްވާ ޑޮކްޓަރު ޑޫމްގެ ރޯލުންނެވެ.

މާވެލް ސްޓޫޑިއޯސް އިން އާންމުކުރި ޚާއްސަ ވީޑިއޯއެއްގައި، އޭނާ އެނބުރި އައުމަށް ނިންމި ސަބަބުތަކާއި ވިލަންގެ ކެރެކްޓާގެ މުހިންމުކަމާ ބެހޭ ގޮތުން ޑައުނީ ވަނީ ވާހަކަ ދައްކާފަ އެވެ.

މިގޮތުން 2019 ވަނަ އަހަރު ނުކުތް "އެވަންޖާސް: އެންޑްގޭމް" ގައި ޓޯނީ ސްޓާކް ނުވަތަ އަޔަން މޭންގެ ކެރެކްޓަރު ނިމުމަކަށް އައުމަށްފަހު، އެ ފްރެންޗައިޒްގައި އިތުރު ސަޕްރައިޒްތަކެއް ހުރެދާނެތޯ ޑައުނީ ފުރަތަމަ ސުވާލު އުފެއްދި އެވެ. އަދި 2008 ވަނަ އަހަރުގެ "އަޔަން މޭން" އިން ފެށިގެން 11 އަހަރު ވަންދެން އަޔަން މޭންގެ ގޮތުގައި ފެނުނު ޑައުނީ، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު "ޑޫމްސްޑޭ" އިން އެނބުރި އަންނައިރު، މި ފިލްމުގައި ކުރީގެ ފިލްމުތަކުގެ ގިނަ ތަރިންނާއި އެކްސް- މޭން ކެރެކްޓާތައް ވެސް ފެނިގެންދާނެ އެވެ.

"ފިލްމުތައް ރަނގަޅު ވަނީ އެ ފިލްމެއްގެ ވިލަން ރަނގަޅު މިންވަރަކަށް" ވިކްޓާ ވޮން ޑޫމް ނުވަތަ ޑޮކްޓަރު ޑޫމްއަކީ މީހުންގެ ކަންކަން ވަރަށް މޮޅަށް ކޮންޓްރޯލްކޮށް، ވިސްނުންތެރިކަމާއެކު ކަންކަން ރާވާ ނުރައްކާތެރި ވިލަންއެއް ކަމަށް ޑައުނީ ސިފަކުރި އެވެ. އޭގެ ސަބަބުން ފިލްމުގެ ވާހަކައިގެ ނުރައްކާތެރިކަމާއި ޝައުޤުވެރިކަން އިތުރުވެގެންދާ ކަމަށް އޭނާ ބުންޏެވެ.

ޑައުނީ ބުނި ގޮތުގައި މިފަދަ ގިނަ ފިލްމުތަކެއްގެ ކާމިޔާބީ ބިނާވެފައި އޮންނަނީ އެ ފިލްމެއްގައި އުޅޭ ވިލަންގެ މައްޗަށެވެ. ވިކްޓާ އަކީ މާސްޓާ މެނިޕިއުލޭޓާ އަކަށް ވާތީ، ފިލްމުގެ ފޯރި އާއި ނުރައްކާތެރިކަން މަތީ ދަރަޖައަކަށް ގެންދެ އެވެ.

ފިލްމުގެ ކާސްޓުގައި ތިބި ހުނަރުވެރި ތަރިންނަށް ތައުރީފު ކުރަމުން ޑައުނީ ބުނީ، އެ ތަރިންނާއެކު ހަފްތާއަކު ހަތް ދުވަހު ވެސް ކޮންމެ ފިލްމެއް ކުޅެން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ފްރެންޗައިޒް އާއި ބެލުންތެރިންނަށް އޮންނަ ޒިންމާގެ އިޙްސާސް އަދިވެސް ވަރަށް ބޮޑު ކަމަށާއި، ކޮންމެ ނޭވާއަކާއެކު ވެސް އެ ލޯތްބާއި އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.

އެންތޮނީ އަދި ޖޯ ރުސޯ ޑައިރެކްޓް ކޮށްފައިވާ "އެވަންޖާސް: ޑޫމްސްޑޭ" އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 17 ގަ އެވެ. މި ފިލްމު އިނގިރޭސި، ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން މާވެލްގެ އިންފިނިޓީ ވިޝަން އަދި ޕްރީމިއަމް ފޯމެޓްތަކުގައި ބެލޭނެ އެވެ.