ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ބޮރޫޝިއާ މޮންޗަންގްލަޑްބަކް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ރަށުން ބޭރުގައި މޮންޗަންގްލަޑްބަކް އަތުން ސިޓީ މޮޅުވީ ބެނާޑޯ ސިލްވާ އާއި ގެބްރިއަލް ޖީސަސް ޖެހި ލަނޑުތަކުންނެވެ. މި މޮޅާއެކު، ސިޓީން ވަނީ ޖެހިޖެހިގެން 19 މޮޅު ހޯދައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ބުނީ މި މެޗުން މޮޅުވިޔަސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"މުޅި މެޗު ސިޓީން ކޮންޓުރޯލްކުރި. އެކަމަކު ލިބޭ ފުރުސަތުތައް ނިންމާލުން އެބަޖެހޭ ރަނގަޅު ކުރަން،" ގާޑިއޯލާ ބުންޏެވެ.
ސިޓީ މިހާރު އޮތް ފޯމާއެކު، އެ ޓީމު ބެލެވިފައިވަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގަ އެވެ. އެކަމަކު ސިޓީ އަކީ "ފޭވަރިޓެއް" ކަމަށް ގާޑިއޯލާ ގަބޫލެއް ނުކުރެ އެވެ.
"ބަޔާން މިއުނިކް ޓީމަށް ބަލާފައި، އަހަރެން ނުބުނާނަން ސިޓީ އަކީ ފޭވަރިޓުންނޭ. ސިޓީގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ލިބުނީ އެންމެ ފަހަރަކު. އެކަަމަކު ސިޓީ އަކީ ފޭވަރިޓުންނޭ މީހުން ބުނަންޏާ، އަހަރަމެން ކުރާނެ ކަމެއް ނެތް،" ގާޑިއޯލާ ބުންޏެވެ. – ބީބީސީ
ރިސޯޓެއްގައި މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދެނީ
15 އަހަރަށްފަހު "ދަ ޑާޓީ ޕިކްޗާ"ގެ ސީކުއަލް ގެނެސްދެނީ!
ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރު ކަމުން ސަރީރު ވަކިކުރަނީ