ސިނާއީ ބޭނުމަށް ތިލަފުށީން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ނެގުމަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންވެ ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، އަދި ތިލަފުށީގެ މާސްޓަ ޕްލޭނާއި ހެދިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ބިން ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ތިލަފުށިން ސިނާއި ބޭނުމަށް ބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއެއް ނުވަތަ މެއިލް ހުށައެޅުމަށް އެދޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަށް އެދި މެއިލް ފޮނުވާނީ [email protected] އަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.އެ ކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް 1516 އަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރާނީ ހަމައެކަނި ދިވެހީންނާއި ދިވެހީން ނިސްބަތްވާ ކުންފުނިތަކަށެވެ.