ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޭޕާލުގެ އާ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ނޭޕާލްއަކީ ރައްޔިތުންނާ ގާތް ގުޅުން ބާއްވާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ދެމުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނޭޕާލާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރީ އޮގަސްޓް 1، 1980 ގަ އެވެ.

ނޭޕާލުގެ ބޮޑުވަޒީރަކަށް އެންމެފަހުން ހުންނެވީ ޕުޝްޕާ ކަމާލް ދަހަލްއެވެ. އޭނާގެ މަގާމު ގެއްލުނީ މަޖިލިހުގެ އަޣުލަބިއްޔަތު އޭނާ އަށް ގެއްލިގެންނެވެ.

ޕާޓީން ވަނީ ނޭޕާލްގެ ގާނުނު ހަދާ މަޖިލީހުގެ އިންތިހާބުގައި އާ ކޯލިޝަނެއް ހަދައި މެޖޯރިޓީއެއް ހޯދައިފައެވެ.

ނޭޕާލްގެ ރަސްކަމެއް އޮތް އިރު ރަސްކަމާ ދެކޮޅަށް މަސައްކަތް ކުރުމުން 14 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު އޮލީ ކޮމިއުނިސްޓް ޕާޓީއާ ގުޅުނީ 1987 ވަނަ އަހަރު އެވެ. މިހާރު އޭނާއަކީ ނޭޕާލްގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރެވެ.