ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި އެވެ.
ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖާމާނު މަބްރޫކް އަޒީޒް ވިވާޅުވީ ނައިބު ރައީސް ފައިސަލް އެޑްމިޑްކުރެވުނީ ގަދައަށް ހުން އައުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ކޮވިޑަށް ކުރި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ކަމަށާއި ހާލުކޮޅު ސްޓޭބަލް ކަމަށް ތަރުޖަމާނު ޓުވީޓެއް މެދުވެރިކޮށް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްފައިވާކަމަށް ތަރުޖަމާނު މަބްރޫކްވަނީ ވިދާޅުވި އެވެ. އަދި އެބޭފުޅާގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
ގެއަށް ވަޑައިގަތްފަހުން ނައިބު ރައީސްވަނީ ހެޔޮ ދުއާ ކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިނަކީ މިއީ
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!
އެޑިއުކޭޝަން މިނިސްޓްރީން ޕެންޝަން ފައިސާ ޖަމާ ނުކުރާތާ 6 މަސް
