އަންނަ ހުކުރު ދުވަހު މިނިވަން ދުވަހާއި ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 ގެ ހަވީރު 4:00 އިން 6:00 އަށް ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
މިފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރެ އެވެ. ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ނުބާއްވަން ވަނީ ނިންމާފަ އެވެ
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް
އިނގިރޭސި ސަފީރަކަށް ޖަމީލާ ކަނޑައަޅަނީ
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި