މި ހަފްތާގައި ދިހަ ސުވާލު މި އަމާޒުކޮށްލަނީ އައިމިނަތު ސަޖުވާ (ސަޖޫ) އަށެވެ. ސަޖޫއަކީ އިންސްޓަގްރާމް އަދި ޓިކްޓޮކުން އާންމު މޫނެކެވެ.

1. ޓިކްޓޮކް ހަދަން ފެށީ ކީއްވެ؟

ޖަވާބު: އަސްލު ޓިކްޓޮކް ހަދަން ފެށުނީ ކޮވިޑް ދުވަސްކޮޅު ތެރޭ ފޫހިވެގެން.

2. ކޮންކަހަލަ ޓިކްޓޮކެއް އެންމެ ހަދާ ހިތްވަނީ؟

ޖަވާބު: ސްކިން ކެއާ، މޭކަޕް ޓިއުޓޯރިއަލްސް އާ ޑެއިލީ ލައިފް ކޮންޓެންޓް

https://vt.tiktok.com/ZSYcmNKjx/

3. ޑްރީމް ކޮލާބޮރޭޝަަންއެއް އެބައިންތަ؟

ޖަވާބު: ހޮބީއެއް ގޮތަށް ކުރާ ކަމެއްވީމަ އަސްލު ޑްރީމް ކޮލާބޮރޭޝަންއެއް ނެތް. އިފް އެނީވަން ވޯންޓް ޓު ކޮލޭބް އައި އޭމް ހަމަ އޯޕަން

4. ސައިބާ ހޭޓް ކޮމެންޓް އާ ޑިލް ކުރަނީ ކިހިނެތް؟

ޖަވާބު: ސައިބާ ބުލީން/ ހޭޓް ކޮމެންޓް ހާއްސަކޮށް މޯލްޑިވިއަން ޓިކްޓޮކް ސައިޑްގައި ވަރަށް އާންމު ކަމެއް. އެ ހެޔޮ ކޮންމެ ކަހަލަ ކޮންޓެންޓެއް ކްރިއޭޓްކުރާ ކުއްޖަކަށް ވިޔަސް. މިސާލަކަށް ވަރަށް ގިނަ ކުދިން އުޅޭނެ ކައްކާ ވީޑިއޯތަކާއި ބޭކްކުރާ ވީޑިއޯތައް ހަދާ. އެކުދިންގެ ވީޑިއޯތަކަށް ވެސް ވަރަށް ހަޑި ކޮމެންޓްކޮށްފައި ހުންނަތަން ފެނޭ. ސޯ ބޭސިކަލީ ކޮންމެ ކަމެއް ކުރިޔަސް އެކަމަށް ހަޖޫޖަހާ އެއްޗެހި ގޮވާނެ މީހުން އުޅޭނެ. ސަޖޫއަށް މިހެން ލައިކް ނުވާ ކަހަލަ ވީޑިއޯއެއް ފެނުނީމަ ހަމަ ސްކްރޯލް ކޮށްލަނީ. އައި ކުޑް އޯލްސޯ ޑޫ ދަ ސޭމް އެންޑް ސޭ ސަމްތިންގް ނެގެޓިވް ދޯ. ބަޓް އެއީ އަސްލު އެ މީހަކަށް ބުނެވޭ ބަހެއްގެ ސަބަބުން އެހެން މީހާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. ޔޫ ޑޯންޓް ނޯ އަސްލު އެހެން ބަޔަކު އެބަޔެއްގެ ލައިފްގައި ތަހައްމަލުކުރާ ކަންތައް. ސޯ ވައި ޑޫ ދެޓް. ހަމަ ބްލޮކް ކޮށްލާ އެހެން ނޫނީ ސްކްރޯލް ކޮށްލުން މާ ރަނގަޅުވާނެ. ސަޖޫއަށް ލިބޭ ނެގަޓިވް ކޮމެންޓްއަށް ބައެއް ފަހަރު ރައްދު ދެން. މޯސްޓްލީ އެކަހަލަ އެކައުންޓްތައް ބްލޮކްކުރަނީ. އެއީ ކަންނޭގެ ބުއްދިވެރިގޮތަކީ.

5. ނިއު މޯމް އަކަށް ދޭނެ އެޑްވައިސްއެއް އެބައޮތްތަ؟

ޖަވާބު: ނިއު މޯމްސްއަށް ބުނެލަން ބޭނުންވަނީ ވަރަށް ހިތްވަރުކުރަން ވާނެއޭ. އަލަށް މަންމައަށް ވާ ދުވަހު މީހާގެ މުޅި ލައިފް ޗޭންޖް ވާނެއޭ. ޔޫ ހޭވް ދިސް ރެސްޕޮންސިބިލިޓީ ޓު ރެއިސް އަ ހިއުމަން ބިއިން. މީހުންގެ އަން ސޮލިސިޓަޑް އެޑްވައިސް ވަރަށް ލިބޭނެ ޑޫ ވަޓް ޔޫ ޑޫ. ޔޫ ނޯ ވަޓްސް ބެސްޓް ފޯ ޔޯ ޗައިލްޑް

6. ޕޯސްޓް ޕާޓަމް ހެލްތްއާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟

https://vt.tiktok.com/ZSYcmNKjx/

ޖަވާބު: ޕޯސްޓް ޕާޓަމް ހެލްތްއަކީ ހަމައެކަނި ފިޒިކަލް ހެލްތެއް ނޫން. ޕޯސްޕާޓަމް ތެރެއިން ޕޯސްޕާޓަމް ޑިޕްރެޝަން އަދި މޯމް ރޭޖް އަކީ ދިވެހިން މެދުގައި ވަރަށް ޓޯކް ނުކުރާ ޓޮޕިކެއް. ޕޯސްޓް ޕާޓަމް އަކީ ހަމައެކަނި ފުރަތަމަ ތިން މަހެއް ނޫން. ޕޯސްޓްޕާޓަމް ކޭން ސްޓްރެޗް އަޕް ޓު އިޔާސް. ބޭބީ ލިބިގެން ވަރަށް ބޭނުންވާނެ އެހެން މީހުންގެ އަޅާލުން ޙާއްސަކޮށް އިފް ޔޫއާ އަ ނިއު މޯމް. ކުދި ކަންކަމާއި ރުޅިވެސް އަންނާނެ ދެރަވެސް ވާނެ. ރޯންވެސް ރޮވޭނެ. ޖަސްޓް ނޯ ދެޓް ޔޫ އާ ނޮޓް އަލޯން

7. އައްޑޫގަ ދިރިއުޅުން ކިހިނެތް؟

ޖަވާބު: އައްޑޫގެ ގުޅިފައިވާ ރަށްތައް ފޭދޫ, މަރަދޫ, ހިތަދޫގެ ދިރިއުޅުން ވަރަށް ފަސޭހަ. ބޭނުންވާ އެއްޗެހި ފަސޭހައިން ލިބި, ރަނގަޅު ހެލްތްކެއާ ސިސްޓަމްއަކާ, ޕްރޮޕާ އެޑިއުކޭޝަނަލް ފެސިލިޓީސް އަދި އެހެނިހެން ކަންކަން ވޭ. މައްސަލައަކީ އައްޑޫގެ މަގުތައް ތާރުއަޅާފައި ވަނީ. ވާރޭ ވެހެން ފެށިއްޔާ ފެން ބޮޑުގެ ގޭގޭގަ ފެން, ސައިކަލް އެއް ނޫނީ ކާރެއްގައި ފިނި ބުރެއް ޖަހާލަން ދާއިރު ގިނައީ ވަޅުތައް. މަގުމަތީ ދުއްވުމެކޭ މާކަނޑުގަ ދުއްވުމަކޭ އެއް ކަމެއް. އައްޑޫއަށް ނިސްބަތްވާ މީދޫގެ ހާލަތު އެހާ ރަނގަޅެއް ނޫން. ރަނގަޅު ހެލްތް ކެއާ ސިސްޓަމްއެއް ނޯވޭ. ޑޮކްޓަރަށް ދައްކަން މާބަނޑު މީހުން ވެސް ކަނޑު ހުރަސްކޮށްފައި ދާން ޖެހޭނީ ހިތަދޫ ހޮސްޕިޓަލަށް. އެޑިއުކޭޝަންއެއް ވެސް ރަނގަޅެއް ނޫން. 11-12 ކިޔަވަން ބޭނުންވާ ކުދިން ވެސް ޖެހެނީ ހިތަދޫއިން ތަނެއް ކުއްޔަށް ހިފައިގެން ބަދަލުވާން. އެހެން ނޫނީ މާލެ ދާން ކިޔަވަން. ބޭނުންވާ ބޭހެއް އެހެނިހެން ސާމާނު ހޯދަން ވެސް ކަނޑު ދަތުރުކޮށްފައި އަންނަން ޖެހޭނީ އައްޑޫގެ ގުޅިފައިވާ ރަށްތައް. ކުރިއަށް އޮތް މުސްތަގުބަލުގައި މިކަންތައް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން.

8. އައްޑޫއަށް އަލަށް މީހަކު އައިސް ކޮންމެހެން ކުރަން ޖެހޭ ކަމެއް އިންނާނެތަ؟

ޖަވާބު: އައްޑޫއަށް އަލަށް މީހަކު އަންނަންޏާ ކޮންމެހެން ވެސް ބަލަން ޖެހޭ ބައެއް ތަންތަން ހުންނާނެ. މީދޫގެ އިކޯ ގާޑަން, ރާއްޖޭގެ އެންމެ ދުވަސްވީ ގަބުރުސްތާން, ގަމުގައި އިނގިރޭސިން އުޅުނު ދުވަސްވަރުގެ ބިލްޑިންގްސް, ހިތަދޫގެ ނޭޗާ ޕާކް. އައްޑޫއަށް އައިއްސަ ހަމަ ޔަގީނުން ވެސް އައްޑޫ ބޮނޑިއެއް ކާލަންވާނެ. ކޮންމެ އަތޮޅުކަށް ވެސް ނޫނީ އެ ރަށަކަށް ހާއްސަ ވެގެންވާ އެއްޗެއް ވާނެ. އެގޮތުން އައްޑޫ ބޮނޑިއަކީ އައްޑޫ މީހުން ވަރަށް ފަހުރުވެރިވާ ވަރަށް ވެސް މީރު އެއްޗެއް.

9. ފެމިލީ ގޮވައިގެން ވަރަށް ޓްރެވަލްކުރަން ބޭނުންވާ ތަނެއް އެބައިންތަ؟

ޖަވާބު: ފެމިލީ ގޮވައިގެން އެންމެ ދާހިތްވާ ޑްރީމް ޑެސްޓިނޭޝަން އަކީ ސްވިޓްޒަލޭންޑް

10. ވަރަށް ރިކޮމެންޓްކުރާ 3 ބިއުޓީ ޕްރޮޑަކްޓެއް އެބައިންތަ؟

ޖަވާބު: ބިއުޓީ ޕްރޮޑަކްސްއަށް ބައިވަރު ރިކޮމެންޑޭޝަންސް އެބަހުރި. އަބަދުވެސް ހަނދުމަ ބަހައްޓަންވާނެ ދެޓް ސްކިންކެއާ އިސް ނޮޓް ވަން ސައިޒް ފިޓްސް އޯލް. ސަޖޫއަށް ގުޅޭ އެއްޗެއް އެހެން މީހަކަށް ނުގުޅިދާނެ. ވަރަށް ގިނަ ޕްރޮޑަކްސް ޓްރައި ކުރެވިއްޖެ. މިހާރު މުޅިން ވެސް ކޮރެއަން ސްކިންކެއާ ބޭނުންކުރަނީ. ކޮރެއަން ސްކިން ކެއާގެ އެންމެ ކަމުދާ ބްރޭންޑްސްއަކީ ކޮސްއާރްއެކްސް, ބިއުޓީ އޮފް ޖޮސިއޮން އަދި ސްކިން 1004. ޕްރޮޑަކްޓްސްއަށް ރިކޮމެންޑްކުރަނީ ކޮސްއާރްއެކްސްގެ ބްލެކްހެޑް ޕަވާ ލިކުއިޑް ފޯ ސްކިން ޓެކްސްޗާ. ސްކިން 1004 ގެ ބްރައިޓްނިން އެންޕޫލޭ ފޯ ޑާކް ސްޕޮޓްސް އަދި ބިއުޓީ އޮފް ޖޯސިއޯންގެ ރައިސް މިލްކް ޓޯނާ ފޯ މޮއިޗަރައިޒިންގް.