1. ކޭކް އަޅަން ފެށީ ކޮންއިރަކު؟
ޖަވާބު: ކޭކު އަޅަން ފެށީ 2015 ހިސާބުގައި. ފުރަތަމަ ފެށީ އެއްވެސް ކޯސްއެއް ނަހަދާ ޔޫޓިއުބް އަދި ކޭކް އަޅާ ފްރެންޑްސް ކައިރި އަހައިގެން ކުދި ސިންޕަލް ކޭކްސް.
2. ހަމައެކަނި ވެޑިންކޭކްތަ އަޅަނީ؟
ޖަވާބު: މިހާރު ޕްރަޔޯރިޓީ/ އިސްކަން ދެނީ ވެޑިން ކޭކަށް. ބާތްޑޭ އަދި އެހެން އޮކޭޝަންސްތަކުގެ ކޭކު ވެސް ނަގަން ޓައިމްވާ ވަރަކުން.
3.އެންމެ ސްޕެޝަލް ކޭކަކީ ކޮބާ؟
ޖަވާބު: އެންމެ ސްޕެޝަލް ކޭކަކީ ދަރިފުޅުގެ ވެޑިންނަށް އަޅައިދިން ކޭކް. އެންމެ ޓޯލަސްޓްސް މިހާތަނަށް ހެދުނު.
4. އެންމެ އުނދަގޫ ކޭކަކީ ކޮބާ؟
ޖަވާބު: ވަރަށް އުނދަގޫ ޓޯލް ކޭކްސް ހަދައިގެން ވެނޫއަށް ގެންގޮސް އެސެންބަލް ކުރަން. (ވަކި ކޭކެއް ބުނެލާކަށް ނޭނގޭ، އެކަމް އިން ޖެނެރަލް ޓޯލް ކޭކްސް)
5. ކޭކު އެޅުމުގެ މަސައްކަތުގެ އިތުރުން އެހެން މަސައްކަތެއް ކުރަންތަ؟
ޖަވާބު: ޔެސް. ހެލްތް މިނިސްޓްރީގެ އައިޓީ ޑިވިޝަންގައި އުޅެނީ. ޕްލަސް ފަލާހް ޕްރީ ސްކޫލްގައި ކޮންޓްރެކްޓްއަށް ކޮންޕިއުޓަ ޓެކްނީޝަންއަކަށް މި އުޅެނީ.
6. ކޭކު އެޅުމުގެ ހުނަރުތައް ދަސްކުރަން އެއްވެސް ކޯހެއް ހެދިންތަ؟
ޖަވާބު: ވަރަށް ގިނަ ކޯސް މާލެ އިން ހެދިން. އަބަދުވެސް ވަރަށް ދަސްކުރާ ހިތްވޭ. އެންމެ ފަހުން ކޯސްއެއް ހެދީ ވިއެޓްނާމްގެ މާސްޓާ ކޭކް ކޯސްއެއް.
7. ކޮބާ ސޮފާގެ ޑްރީމް ކޭކު ސްޓައިލްއަކީ؟
ޖަވާބު: ސޮފާ ވަރަށް ލައިކްވޭ ފްލޯރަލް ކޭކްސް ދެކެ. ކާސްލް ސްޓައިލްގެ ވެޑިން ކޭކް ވެސް ވަރަށް ހަދާ ހިތްވޭ.
8. ކޭކު އެޅުމުގެ ހުނަރުތައް ދަސްކޮށްދޭ ހިތްވޭތަ؟
ޖަވާބު: ވަރަށް ވޭ. އެކަމަކު އަދި ޓައިމް ޕްލަސް އިތުރު ޕްރެކްޓިސް ބޭނުންވާތީވެ. އަދި ރަނގަޅަށް އަމިއްލައަށް ޕްރެކްޓިސްކޮށްފައި ކޯސް ހިންގަން ވިސްނާނީ.
9. ކޭކާއި ދޭތެރޭ އެއްވެސް ނެެގެޓިވް ކޮމެންޓެއް އާދޭތަ؟
ޖަވާބު: އަބަދުވެސް ގަބޫލުކުރަންވާނެ ކޮންމެ ކަމެއް ކުރާ އިރުވެސް ނެގެޓިވް ކޮމެންޓްސް އަންނާނެ ކަމަށް. އެކަމަކު ސޮފާ ވިސްނަނީ އެއީ ކަންކަން ރަނގަޅުކުރުމަށް ލިބޭ ހިތްވަރެއް ކަމަށް. ޕްރައިވެޓްގަ ބައެއް ފްރެންޑްސް ބުނާނެ މި ގޮތަށް ހަދާލީމަ މާ ރީތިވާނެއޭ. އެ ނުދެކެން ނެގެޓިވްކަމަށް. ދެކެނީ ނަސޭހަތެއް ކަމަށް. އާކޮޅުގަ ވަރަށް އެކަހަަލަ ކަންކަން ކުރިމަތި ވާނެ ކޮންމެ މީހަކަށްވެސް. އެކަމު ފަހުން އެ ކޮމެންޓްސްތައް ވިސްނާލައިގެން ކުރިއަށް ދިޔައީމަ ރަނގަޅުވާނެ.
10. ވިޔަފާރި ފުޅާކުރުމަަށް ކުރަންބޭނުންވާ ކަމެއް ނުވަތަ ނެކްސްޓް ސްޓެޕަކީ ކޮބާ؟
ޖަވާބު: ނެކްސްޓް ސްޓެޕަކަށް އަސްލު ބޭނުންވަނީ އިތުރަށް އަދިވެސް މި ކަން ދަސްކޮށްދޭން އިތުރު ކުދިން ތަކަކަށް. ފުޅާ ދާއިރާއެއްގައި މިކަން ދަސްކޮށްދެވޭނެ ދުވަހަކަށް. އަބަދުވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވަން މި ލިބޭ ކާމިޔާބީއަށް. އަލްހަމްދުލިއްލާހި. މިހާ ހިސާބަށް އާދެވުމުގެ ފަަހަތުގައި ވަނީ ލޯބިވާ އާއިލާއާއި ހެޔޮ އެދޭ ރައްޓެހިން.