މިއަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑް ހަފްލާގެ އެންމެ މޮޅު އެކްޓަރަކަށް ޗެޑްވިކް ބޯސްމޭން އަށް ލިބިއްޖެ އެވެ.

އޭނާ އަށް މި އެވޯޑް ލިބުނީ މަ ރެއިނީގެ "ބްލެކް ބޮޓަމް"ގައި އަދާ ކުރި ރޯލަށް އޭނާއަށް ލިބިފައިވަނީ ބެސްޓް ޕާފޯމެންސް ބައިން އެކްޓާއިން އަ މޯޝަން ޕިކްޗާ- ޑްރާމާ އެވޯޑެވެ.

ޗެޑްވިކްގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ހުވަފަތް އަންހެނުން ސައިމޮން ލެޑްވާޑެވެ. އެވޯޑާ ހަވާލުވެ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ރޮވުނެވެ.

"އޭނާ ހެއްދެވި ފަރާތަށް ޝުކުރުއަދާކުރާނެ. މައިންބަފައިންނަށް ޝުކުރުއަދާކުރާނެ. އަދި އޭނާގެ ކާބައިފައިންވި ގުރުބާނީތަކާއި އެމީހުން ދެއްކި ނަމޫނާއަށް ޝުކުރުއަދާކުރާނެ. އޭނާ ބުނާނީ ވަރަށް އިންސްޕަޔަރިން އަދި ވަރަށް ރީތި ވާހަކަ އެއް. އޭނާ ބުނާ ވާހަކައިން އަހަރެމެން އެންމެނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނެ،" ފިރިމީހާއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ. "އޭނާ ދައްކާނެ ވާހަކަ އަހަރެންގެ އަތުގައި ނެތް. އެހެން ނަމަވެސް އަބަދުވެސް އަހަރެމެން ލޯބިވާ މީހުންގެ އަގުވަޒަންކުރަންވާނެ. އެޗްއެފްޕީއޭ އިން އަހަންނަން އެ ފުރުސަތު ދިން ކަމަށްޓަކާ ޝުކުރުވެރިވަން."

ބޯސްމެން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މަރުވި އިރު އޭނާ ދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.