1. އަމިއްލަ ފޮތެއް ލިޔަން ނިންމީ ކީއްވެ؟
ޖަވާބު: އެއްގޮތަކަށްވެސް ކުރިޔާލައި ރާވައިގެން ކުރި ކަމެއް ނޫން. 2021 ކުރީކޮޅު ކޮވިޑް ތެރޭ ބޮޑުދައިތައެއް ގޮވައިގެން ހޮސްޕިޓަލްގައި ވަރަށް ގިނަ ދުވަސް ވަންދެން އުޅެން ޖެހުނު ދުވަސް ކޮޅެއްގައި އެހެން ހޮސްޕިޓަލްގައި ހުރެހުރެ ހިތައްއެރީ ކުރަން ރަނގަޅު ކަމެކޭ. ޚިޔާލު އައިއިރަށް ހަމަ ވާހަކަ ޑްރާފްޓްކޮށްލާފައި, ކުރެހުން ވެސް ދެތިން ހަފްތާ ތެރޭގައި މަންހާލް ކުރަހަދީ ނިންމާލީ. އެކަމަކު ފޮތް ޝާއިއުކުރާނެ ގޮތެއް ނޭނގި ހުރެފައި 2023 ވަނަ އަހަރު މެދުތެރޭ ފޮތް ޝާއިއު ކުރެވުނީ.
2. ފޮތްތަކުގެ ވަރަށް ގިނަ ޖަންރާ ހުރޭ ދޯ. ކީއްވެ ކުޑަކުދިންގެ ފޮތެއް ލިޔަން ޗޫސް ކުރީ؟
ޖަވާބު: މީވެސް ހަމަ ޕްލޭންކޮށްގެން ކުރި ކަމެއް ނޫން. އޭރު ހަމަ އައިޑިއާ އައީ ކުޑަކުދިންނަށް އިލްމީ މައުލޫމާތު އުނގަންނައިދެވޭ ކަހަލަ ވާހަކައެއް ލިޔަން. އައިޑިއާ އައީމަ ހަމަ އެކަމާ އުޅެގަތީ.
3. ރޯޒީ ދަ ރެއިންޑްރޮޕްސް ފޮތާ ބެހޭ ގޮތުން ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ރޯޒީ ދަ ރެއިންޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް އަކީ އިނގިރޭސިބަހާ ދިވެހިބަހުން ގެނެސްދީފައިވާ ވާހަކައެއް. މި ވާހަކައިން ކުޑަކުދިން ސްކޫލްގައި ކިޔަވާ ވޯޓާސައިކަލް (ދިވެހިބަހުން ފެނުގެ ބުރު) އާ ބެހޭ މައުލޫމާތު ވާހަކައެއްގެ ސިފައިގައި ނަގައިގަނެވޭނެ. އޭރުން ފަހުން ސްކޫލަށް ގޮސް މި މައުޝޫ ކިޔަވާއިރު އެކުދިން މައުޝޫއަށް ފަރިތަވެފައި ތިބޭނީ. ޓެސްޓް ހަދާއިރު ވެސް ވާހަކަ ހަނދާންކޮށްލައިގެން ވޯޓާ ސައިކަލްގެ ސުވާލުތަކަށް ޖަވާބުދޭން ފަސޭހަވާނެހެން ހީވަނީ. މިއީ ސްކޫލް ސެޓިންއެއްގަ ވެސް ވޯޓާ ސައިކަލްގެ މައުޝޫ ކުދިންނަށް ތައާރަފުކޮށްދޭން މުދައްރިސުންނަށް ބޭނުންކުރެވޭ ޓޫލްއެއް ހަމަ.
4. ޕަބްލިޝް ކުރުމުގައި ދިމާވި ޗެލެންޖަސްތަކަކީ ކޮބާ؟
ޖަވާބު: ޖަވާބު: އޭރު ނޭނގޭ އެއްގޮތަކަށް ވެސް ޕަބްލިޝްކުރާ ގޮތެއް. އެހެންމެ އެހާގިނަ ދުވަސްވީ ވެސް ޕަބްލިޝް ނުކުރެވި. ދެންފަހުން ޓިކްޓޮކުން އިނގުނީ އެމެޒޮމް ކޭޑީޕީއިން ޕަބްލިޝް ކުރެވިދާނެކަން. ކަން ދިމާކުރިގޮތުން ރާއްޖޭގައި އުޅެންޏާ ޕަބްލިޝް ނުކުރެވޭ. އެކަމަކު ރާއްޖޭން ބޭރުގައި ކިޔަވަން ހުރީމަ އެކަން ކުރެވޭ ގޮތްވީ. ދެން އެމެޒޮންގައި ފުރަތަމަ ޕަބްލިޝްކޮށްގެން, ފަހުން ދިވެހި ޝާއިރެއް ކިޔާދިނީ އެންބީސީ މެދުވެރިކޮށް ޕަބްލިޝް ކުރާނެ ގޮތް. އެކުއްޖާ ކިޔައިދިން ގޮތަށް އެންބީސީގައި ވެސް ފޮތް ޝާއިއުކުރީ ދެން. ވަރަށް ގިނަ ބައެއްގެ ސަޕޯޓް އާ އެއްކޮށް މިކަން ކުރެވުނީ ވެސް. އާއިލާއާ ފިރިމީހާ އަދި އެކުވެރިންނާ, މިދާއިރާގައި މަސައްކަތްކުރާ މީހުންގެ އެހީތެރިމަކާ އެއްބާރުލުން ލިބިގެން
5. ވަރަށް ފަހުން ޔޫޓިއުބް ޗެނަލްއެއް ހެދިންދޯ. އެއީ ކީއްވެ؟
ޖަވާބު: ޔޫޓިއުބް ހެދުމުގެ މައިގަނޑު ދެ މަގްސަދެއް އެބައޮތް. ފުރަތަމަ ކަމަކަށް, އަމީ ބޭނުންވަނީ އިންޓަނޭޝަނަލް މާކެޓްތަކުގައި ފޮތްވިއްކަން. އެހެންވެ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޕްރޮމޯޝަންސް ފުޅާކުރަން ބޭނުންވާތީ ޔޫޓިއުބް ޗެނަލްއެއް ހެދީ. އަނެއްކަމަކީ, ވަރަށް ގިނަ ދިވެހިން ބޭނުންވޭ ފޮތްތައް ޝާއިއުކުރަން އެހެންވެ ޔޫޓިއުބް ވީޑިއޯތައް މެދުވެރިކޮށް އެކަން ކުރާނެގޮތްތައް މީހުންނަށް ކިޔާދީ, އަމީ ޝާއިއުކުރުމުގެ ޖާނީ ޝެއާކުރުން އަނެއް މަގުސަދަކީ. މިކަމުގައި އުޅެގެން ދަސްވި އެއްޗެއް އެހެން މީހުންނަށް ވެސް ކިޔައިދޭން. ދެން ޔުނިވާސިޓީގައިވެސް ކިޔަވަނީ ކޮމިއުނިކޭޝަންސް ވީމަ ކިޔަވާ އެއްޗެއްގެ ވެސް ބޭނުން ރަނގަޅުގޮތުގައި ހިފަން ލިބޭ ފުރުސަތެއް މީ.
6. ވްލޮގްސް ހަދަން ވަރަށް ވަގުތު ދޭތަ؟
ޖަވާބު: އެހާ ވަގުތެއް ނުދޭ ޝޯޓް ފޯމް ވީޑިއޯސް ހަދަން. އެކަމަކު ޔޫޓިއުބްގެ ލޯންގް ފޯމް ވީޑިއޯ އެޑިޓްކުރަން ފުދޭވަރަކަށް ވަގުތުދޭ. ވްލޮގްސް ހަދަން އެންމެ އުނދަގޫވަނީ އާންމު ދިރިއުޅުމުގައި އުޅޭއިރު ފިލްމުކުރަން ހަނދާން ނެތޭތީ. މިހާރު ދެން ވަރަށް ހަނދާންކޮށްގެން ކޮންމެވެސް ވަރަކަށް އެބައުޅެވޭ ވްލޮގްސް ހެދުމުގައި.
7. ކޮންކަހަލަ ކޮންޓެންޓެއް އެންމެ ހަދާ ހިތްވަނީ؟
ޖަވާބު: އެހެން ވަކި ކޮންޓެންޓެއް ނެތް. އެކަމަކު މިހާރު ދެން އެޑިޓްކުރަން ފަރިތަވާ ވަރަކަށް އެކި ކަހަލަ ކޫލް އެޑިޓްސް ބޭނުންކޮށްގެން އިތުރަށް އެންގޭޖިންވާނެ ގޮތްތައް ޓްރައިކުރުން ވަރަށް އެންޖޮޔަބަލް.
.8. ޓިކްޓޮކް ވިއުސް އެހާ ގިނަ ވާނެކަމަށް ހީކުރިންތަ؟
ޖަވާބު: ހިއެއް ނުކުރަން. ހާއްސަކޮށް ދިވެހިންގެ މެދުގައި އެހާ މަގްބޫލުވާނެ ކަމަށް ހީނުކުރަން އެއްގޮތަކަށް ވެސް. ވަރަށް ނުކެރި ހުރެފައި ފުރަތަމަ ޕޯސްޓް ކުރަން ފެށީ. ބޮޑަށް ޓާގެޓްކުރީ އިންޓަނޭޝަނަލް އޯޑިއަންސްއަކަށް. އެކަމަކު ދިވެހިން ވަރަށް ބަލައިގަނޭ. ވަރަށް ހިތްވަރުވެސް ދޭ. މަދު މަދުން ހޭޓް ކޮމެންޓްސް ލިބުނަސް ހަމަ ގިނަ މީހުން ވަރަށް ބަލައިގަނޭ ކުރާ މަސައްކަތް.
9. މެލޭޝިއާގަ ދިރިއުޅެނީ ކީއްވެ؟
ޖަވާބު: ޑިގްރީއަށް ކިޔަވަން މެލޭޝިއާއަށް އައީ.
10. އަމީގެ ސަބްސްކްރައިބާސް/ ފޮލޮވާސްއަށް ބުނެލަން އޮތް މެސެޖެއް އެބައިންތަ؟
ޖަވާބު: ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލަ ބޭނުންވަނީ. ދޭ ހިތްވަރާ, ކުރާ މަސައްކަތް ބަލައިގަތުން އެއީ އަލަށް ކަމެއް ފަށާ ކޮންމެ މީހަކަށް ވެސް ދެވޭނެ އެންމެ ބޮޑު ހަދިޔާ. ބިނާކުރުވަނިވި ފާޑުކިޔުން ވެސް ވަރަށް މުހިއްމު. އަބަދުވެސް ފީޑްބެކް ދޭތީ ވަރަށް އުފާވޭ. ކުރިއަށް ދާން އިތުރަށް ރަނގަޅުކުރަން ލިބޭ ފުރުސަތެއް އެއީ. ބުނެއުޅޭ އަވަށެއް ބޭނުންވާނެއޭ ކުއްޖެއް ބޮޑުކުރަން. އަމިއްލަ ވިޔަފާރިއެއް ފަށާ މީހަކަށް ވެސް އެ އަވަށް ބޭނުންވޭ. އަޅުގަނޑުގެ އާއިލާ އާ އެކުވެރިންގެ އިތުރުން ސޯޝަލް މީޑިއާގައި ފޮލޯ އަދި ސަބްސްކްރައިބް ކުރާ އެންމެނަކީ ވެސް އެ އަވަށުގެ ބައިވެރިން. ކޮށްލާ އެންމެ ލައިކަކުން, އަދި ޝެއާއަކުންވެސް އެ ސޯޝަލް މީޑިއާގައި ވިޔަފާރި ޕްރޮމޯޓްކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް. އެހެންވީމަ އަބަދުވެސް އެކަމަށް ޝުކުރުވެރިވަން. އުންމީދަކީ ކުރިއަށް އޮތްތާވެސް ގިނަ ކުޑަ ކުދިންގެ ފޮތްތައް ބާޒާރަށް ނެރެވުން. އިންޝާالله -