1. މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުން އައި ކީއްވެ؟
ޖަވާބު: ފުރިހަމައަށް ރައްޔިތުން ތަމްސީލުކުރާ މަޖިލީހެއްގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނާއި ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ ތެދުވެރި ހިންގުންތެރި ގާބިލްބަޔަކު ތިބެން ޖެހޭކަމަށް ގަބޫލުކުރާތީ. މުޅި ގައުމުގެ ތައުލީމީ، ސިއްހީ، އިގްތިސާދީ ދާއިރާތަކާއި މިނޫންވެސް ދާއިރާތަކަށް ބިލް ހުށައަޅާ އިސްލާހުކޮށް، ބަޖެޓް ފާސްކުރުމާއި ޖަވާބުދާރީ ކުރުމުގައި ޒުވާނުންގެ މަންދޫބެއްގެ ހައިސިއްޔަތުން ފޯވާޑް ވިސްނުމުގެ ސިޔާސަތުތަކަށް ބާރުދީ ކެރިގެން ވަކާލާތު ކުރާނެ ކެންޑިޑޭޓެއްގެ އިޚްތިޔާރު ރައްޔިތުންނަށް ދޭން ބޭނުންވީމަ. ހިތްވަރެއްލާފައި މިފަހަރު ނިކުމެ ވާދަކޮށްފިނަމަ ދެން ދައުރަކަށް ހަމްދާ ފަދަ އެތައް ޒުވާނުންނާއި އަންހެނުން ނިކުތުމަށް އަޒުމްކަނޑައެޅުމުގެ ހިތްވަރަކަށް ވުމަށް. މިކަން ވަރަށް ބޮޑަށް ކާމިޔާބުވެއްޖެ.
2. މަޖިލީސް އިންތިހާބުގައި ދިމާވި ނާކާމިޔާބީ އާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟
ޖަވާބު: އިންތިހާބުގެ ނަތީޖާ އެއީ ނާކާމިޔާބީއެއް ކަމަށް ނުދެކެން. ރާއްޖޭގެ ސިޔާސީ މަސްރަހު އެހާ ހަލަބޮލި ދުވަސްކޮޅެއްގައި އަލަށް އުފެދުނު ކުޑަ ޕާޓީއަކުން އާމޫނެއްގެ ގޮތުގައި ނިކުމެ، ރާއްޖޭގެ މަޖްލިސް އިންތިހާބުތަކުގެ ނަތީޖާ ވަޒީފާ އާއި، ފަންޑާއި، ބާރު އޮންނަ ސަރުކާރުގެ ޕާޓީއިން މެޖޯރިޓީ ނަގާ ނެގުމުގެ ތާރީޚެއް އޮންނަ ގައުމެއްގައި ތިން މީހުންގެ ކުޑަ ޓީމަކާއެކު ކެމްޕޭނަށް ނިކުމެ، 200 އެއްހާ ވޯޓު ލިބި، މެސެޖު މުޅި ރާއްޖެއަށް ފޯރުކުރެވި، އަގު ނުކުރެވޭނެހާ ތަޖުރިބާ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް.
3. އަދިވެސް ސިޔާސީ މަސައްކަތް ކުރަންތަ؟
ނޯ ގޮއިން ބެކް. ހަމްދާ އަކީ މިވަގުތު ޑިމޮކްރެޓްސްގެ ލީޑަޝިޕުގައި ހަރަކާތްތެރިވަމުން އަންނަ ޕާޓީގެ ގައުމީ ފަށަލައިގެ އަންހެން ޑިމޮކްރެޓުންގެ އިންތިހާބީ ލީޑަރު. ސިޔާސީ މަސައްކަތް މިހާރު ވެސް ކުރަން. ޕާޓީގެ އަންހެނުންގެ ވިންގުގެ ފަރާތުން މި ޕާޓީއިން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅި ލާމަރުކަޒީ ނިޒާމަށް ގެންނަންވީ ބަދަލުތަކުގެ ކަރުދާހުގައި ވިމެން ޑިވޮލޮޕްމެންޓް ކޯޕަރޭޝަންއަށް އިސްލާހު ގެނައުމަށް މަޝްވަރާއަށް ހުށައަޅަން އެދިފައިވާނެ. އަދި އޭގެ ވޯކިން ޕޭޕާއެއް މިހާރު ތައްޔާރު ކުރެވެމުން އެބަދޭ.
4. ސިޔާސީ މައިދާނުގެ ލީޑާޝިޕްގައި އަދިވެސް އަންހެނުން މަދުކަން ފާހަގަވޭ. ހަމްދާ ދެކޭގޮތުގައި މިކަން ބަދަލުކުރެވޭނީ ކިހިނެތް؟
ޖަވާބު: އަންހެނުންނަށް ކައުންސިލްތަކުގެ އިތުރަށް މަޖިލީހުގަ އާއި ކެބިނެޓުގައި ކޯޓާ ކަނޑައެޅުމަކީ އެއް ހައްލޭ ބުނެފާނަން. އެކަމަކު އެންމެ ފަހުގެ މަޖިލިސް އިންތިހާބުގެ ތަޖުރިބާއިން ވާހަކަ ދައްކާނަމަ ބުނެވޭނީ، ވޯޓުލީ ޖުމްލާ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނަށް ވީއިރު، އަންހެނުން ނިކުމެ މިފަހަރު މަޖިލީހަށް ޕާރޓީތަކުންނާއި އަމިއްލަ ގޮތުން ކުރިމަތި ގާބިލު އަންހެން ކެނޑިޑޭޓުންނަށް ތާއީދުކުރިނަމަ މިއަދު މުޅި ރާއްޖޭގެ އަންހެނުން ތަމްސީލުކުރަން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ތިން އަންހެން މެމްބަރުން ނުތިބޭނެއޭ.
5. ހަމްދާ ދެކޭގޮތުގައި, މި ވަގުތު ކޮންމެހެން ވެސް ހައްލުކުރަން ނުވަތަ އެޓެންޑްކުރަން ޖެހޭ އިޖްތިމާއީ މައްސަލަތަކަކީ ކޮބާ؟
ޖަވާބު: ޑްރަގްގެ ވަބާގައި ޖެހި މުޅި ޒުވާން އުމުރު ނަގާލަމުންދާ އެތައް ޒުވާނުންތަކެއް އެބަ ތިބި. މިއީ ވަގުތުން ވަގުތަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް. ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީ އެހާ ބޮޑުއިރު، ޒުވާނުންގެ ބޮޑު އިންސައްތައަކަށް އޮތީ ވަޒީފާގެ ފުރުސަތުތައް ނުލިބިފައި. އާންމު ރައްޔިތު މީހާ ދެކޮޅު ނުޖެހި، ޑޮލަރުގެ އަގު އަރަމުންދާއިރު އިގްތިސާދީގޮތުން ހަމައެކަނި ބަރޯސާވަނީ މިވަގުތު ޓޫރިޒަމްއަށޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހެން ދާއިރާތައް މިވަނީ ގާތްގަނޑަކަށް ކޮމްޕްރޮމައިޒްކުރެވިފައި. މީގެ އިތުރުން އާއިލާ ބިނާކޮށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިހުމާލުވުމުގެ ސަބަބުން މުޖުތަމައުއިން ފެންނަމުންދާ ނޭދެވޭ އަސަރުތައް ވެސް މަދެއް ނޫން.
6. އެހާ ބޮޑު ކެމްޕޭނެއް އެކްސްޕީރިއަންސް ކުރިއިރު, އޭގައި ދިމާވި އެންމެ ޗެލެންޖިން ކަމަކީ ކޮބާ؟
ޖަވާބު: ތެދަށް ބުނާނަމަ ހަމްދާއަށް އެންމެ ޗެލެންޖިން ކަަމަކަށް ވެގެން ދިޔައީ، ދާއިރާގެ ރައްޔިތުންނަށް ކެންޑިޑޭޓު އިޚްތިޔާރު ކުރުމުގައި ހަކުރު ދެންޏާ ބޮޑުބޭބެގެ އުުސޫލުން އިންތިޚާބުނުކޮށް، އެބާރު ހަވާލު ކުރެވޭ މީހަކީ 5 އަހަރުގެ ދައުރަކަށް ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރިކަމާއެކު ވަކާލާތު ކޮށްދޭނެ މީހެއްކަން ޔަގީންކޮށް ވޯޓުދީ ހުރިހާ ދާއިރާއަކަކަށް މިބީދައިން އިންތިހާބުކޮށްފިނަމަ މަޖިލީހެއްގެ އަސްލު ޒިންމާ އަދާކުރެވޭތަން ފެންނާނެކަން ގަބޫލުކޮށްދިނުން. މިކަން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށް. އެއީ ސިޔާސީ މީހުންގެ ފަރާތުން ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައިވާ މަންޒަރު މިއާ ޚިލާފުވީމާ. ދެން އެންމެ ބޮޑު ޗެލެންޖަކަށް އައީ ފައިނޭންސް.
7. ރާއްޖޭގެ މި ވަގުތުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ސިޔާސީ މަޝްރަހަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫންކަން ތަޖުރިބާގެ އަލީގައި ކޮންމެ މީހަކަށް ވެސް ބުނަން ކެރޭނެ. މިޔަށް ކިޔަނީ "ޕޮލިޓިކަލް ފްލަކްސް" އޭ. ދެން ރާއްޖޭގައި މިހާރު ފެންނަމުން މިދަނީ ޕޮލިޓިކަލް ޕޮލަރައިޒޭޝާން އިތުރުވެ، ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފެދި، އިގްތިސާދީގޮތުން ބޮޑެތި ގެއްލުންްތަކަކާ ކުރިމަތިލާން ޖެހޭތަން. މިދަނޑިވަޅުގައި ބޭރުގެ ބާރުތަކުގެ އިންފްލުއެންސް ގަދަވާހެން ވެސް ހީވޭ.
8. ހަމްދާ ވަރަށް އިންސްޕަޔާވާ ޕޮލިޓިޝަނެއް އެބަހުރިތަ؟
ޖަވާބު: ކޮންމެ ސިޔާސީ ޝަހްސިއްޔަތެއްގެ ނަމުން ވެސް އަހަރެމެން އެއްބަސްވާކަންތަކާއި ދެބަސްވާ ކަންތައް ފެނިގެންދާނެ. ކޮންމެ މީހެއްގެ ފަރާތުންވެސް ފެންނަ ބަލައިގަނެވޭ، އެދެވޭ ސިފަތަކުން އަދި އެނޫން ސިފަތަކުން ވެސް އިބުރަތް ހާސިލްކޮށް އިންސްޕަޔާވަން. ދެއާޒް ސަމްތިން ޔޫކެން ލާން ފްރޮމް އެވްރީވަން އެންޑް އެވްރީތިން.
9. ބްރޭންޑް އެންޑޯސްމެންޓްތަކަށް ޝައުގުވެރިކަން ހުރޭތަ؟
ޖަވާބު: އަބަދުވެސް ކުރިންވެސް ސޯޝަލްމީޑިއާގައި ދޭތެރެއަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިލޭ ޝައުޓްއައުޓްދީ ބައެއް ބްރޭންޑްތައް މާކެޓް ކޮށްދިނުމަށް އެއްބަސްވެވޭ އުސޫލެއްގެ ދަށުން އެންޑޯސްކޮށްދީ ހަދަން. އައި ލަވް ބިއިން އޭބަލް ޓުޑޫ ތީޒް ތިންގްސް.
10. އަދިވެސް މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުން އެބަހުރިތަ؟
ޖަވާބު: އައި ޑޯންޓް ކުއިޓް. ނޯ ޓާނިން ބެކް.
ހުޅުމާލެ އުތުރުދާއިރާ ތަމްސީލުކުރުމުގެ ފުރުސަތު، ދާއިރާގެ ރައްޔިތުން މިފަދަ ގާބިލް ހުނަރުވެރި ޒުވާން އަންހެންކުއްޖަކަށް ދިންނަމަ، މިގިންތީގައި ތިބި އެހެން ބައިވަރުކުދިންނަށް ރައްޔިތުންނަށްޓަކައި މިފަދަ މައިދާންތަކަށް ނުކުންނަން ވަރަށްބޮޑު ހިތްވަރަކަށްވީސްކަން ޔަގީން، ވަރަށްބޮޑުތެދެއް ހަމްދާ އެބުނީ އެންމެބޮޑު ޗެލެންޖަކީ ރަނގަޅުމީހާ ހޮވުމަށް އޮތްފުރުސަތުގެ ހަނިކަން،، ހަމްދާ އަށް ކާމިޔާބީ އަށް އެދެން
ރިޕްލައި