އާއިޝަތު ރިޝްތާގެ މަންމަ އާއި ބައްޕައަކީ 1990ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ފޯއްކޮށައި ވިއްކުމުގެ ވިޔަފާރި ކުރި ބައެއް. ސިއްހީގޮތުން ގެއްލުން ލިބޭ އެއްޗެއްކަން ދެނެގަނެވުނު ހިސާބުން ރިޝްތާ އޭނާގެ ބައްޕަމެންނަށް ލަފާދެމުން އައީ މީހުން ދުފުމަށް ފޯއްކޮށައި ދިނުމުގެ ބަދަލުގައި ސިއްހަތަށް ގެއްލުން ނުލިބޭނެ ޕްރޮޑަކްޓެއް ތައާރަފު ކުރުމަށް. "މިމީރު" އާއެކު މިއަދު ދުޅަހެޔޮކޮށް ދުފާލެވޭނެ. ކިތަންމެ ވަރަކަށް ހަފާ ދިރުވި ނަމަވެސް ގެއްލުމެއް ނުލިބޭނެ.

މީހުން ދުފާތަކެތިން ލިބޭ ގެއްލުމަށް ހޭލުންތެރިކުރުވުމަށް، ސިއްހީ މާހިރުން ކުރާ މަސައްކަތްވެފައި ވަނީ ދަގަނޑާއި ދަގައްފާނާއި ދުރުކުރަން މަސައްކަތް ކުރުން ފަދަ ކަމަކަށެވެ. މަޑިސީލައިގައި ހިމެނޭ ތަކެއްޗަކީ ދުފުމަށް ދެވިހިފާފައިވާ ފަރާތްތަކުގެ އެންމެ ހިމަނާރާ ކުޅެލާ ތަކެއްޗެވެ.

އާއިޝަތު ރިޝްތާގެ މަންމަ އާއި ބައްޕައަކީ 1990 ގެ އަހަރުތަކުން ފެށިގެން މިއަދާއި ހަމައަށްވެސް ފޯއްކޮށާއި ވިއްކުމުގެ ވިޔަފާރި ކުރިބައެކެވެ. އުމުރުގެ ކުރީކޮޅު ކޮންސްޓްރަކްޝަން މަސައްކަތް ކޮށްއުޅުނު ރިޝްތާގެ ބައްޕައަކީ އެކި ބޭނުންތަކަށް އަމިއްލަ މެޝިން އުފެއްދުމަށް މޮޅު މީހެކެވެ. އޭނާގެ އަނބިމީހާ (ރިޝްތާގެ މަންމަ) ފޯށްކޮށުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ފޯއް ކޮށާ މެޝިނެއް ވެސް އީޖާދު ކުރި އެވެ. މޯޓަރެއް ލާފައި އުފެއްދި އެ މެޝިނުން އެއްފަހަރާ ދެ ބަސްތާގެ ފޯއް ކޮށާލެވެ އެވެ.

ސިއްހީގޮތުން ގެއްލުން ލިބޭ އެއްޗެއްކަން ދެނެގަނެވުނު ހިސާބުން ރިޝްތާ އޭނާގެ ބައްޕަމެންނަށް ލަފާދެމުން އައީ މީހުން ދުފުމަށް ފޯއްކޮށައި ދިނުމުގެ ބަދަލުގައި ސިއްހަތަށް ގެއްލުން ނުލިބޭނެ ޕްރޮޑަކްޓެއް ތައާރަފުކުރުމަށެވެ. މިކަމަށް އެ ދެމީހުން ތައްޔާރުވާން ދުވަސްކޮޅެއް ނެގިކަމަށް ރިޝްތާ ބުންޏެވެ.

"މިއަހަރުގެ މޭމަހު އެއްދުވަހު ބައްޕަ ގުޅާފައި ބުނީ ތިޔަ ބުނާކަހަލަ ސިއްހީގޮތުން ފައިދާހުރި ދުފުމަކަށް ކިޔާނެ ނަމެއް ހޯދައި ދިނުމަށް. ނަމަވެސް ބައްޕަ ވަނީ ކުރިން ނަމެއް ވެސް ހޯދާފައި،" ރިޝްތާ ކިޔައިދިނެވެ.

އޭނާގެ ބައްޕަ ފުރަތަމަ ވިސްނީ ހަމައެކަނި ފޮނިތޮއްޓާއި ކާފޫރު ތޮޅިއާއި ކަރަންފޫ ހިމެނޭ ޕްރޮޑަކްޓެއް ހެދުމަށެވެ. އެ ޕްރޮޑަކްޓަށް "މިމީރު"ގެ ނަމުން ނަންދިނުމުން ބައްޕައަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި ރިޝްތާމެންގެ ލަފާގެ މަތިން ދެޕްރޮޑަކްޓެއް ތައްޔާރުކޮށް ދެވަނައަށް ތައްޔާރު ކުރި އުފެއްދުމަށް ކާށި ހިމަނަން ނިންމި އެވެ. ކާށި ހިމަނަން ވިސްނި ހިސާބުން ދެން އެ އާއިލާއަށް ވިސްނަން ޖެހުނީ ކާށި ތާޒާކަންމަތީ ބެހެއްޓުމަށް މަސައްކަތްތަކެއް ކުރުމަށެވެ.

މިމީރު އުފެއްދުންތައް، ތާޒާކޮށް މީހުންނަށް ލެބޭނެގޮތް ހެދުމަށް ދުރާލާ ތައްޔާރުވީގޮތް ކިޔައިދެމުން ރިޝްތާ ބުނީ ދެ މަސްދުވަސް ވަންދެން ސާމްޕަލްތަކެއް ޓެސްޓް ކުރި ކަމަށެވެ. ރަހަޔަށް ބަދަލުނައި ނަމަވެސް މުރަނަކަމަށް ބަދަލު އައިކަން ފާހަގަކުރެވުނު ކަމަށެވެ.

"އެހެންވީމަ ފިހާރައަކަށް ލައިގެން ވެސް ވިހި ދުވަހަށް ވުރެ ގިނަ ދުވަސްވަންޏާ، އެފިހާރައިން އޭތި ނަގައި ރީސްޓޮކް ކުރަނީ،" ރިޝްތާ ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު "މިމީރު"ގެ ނަމުގައި އެއާއިލާއިން ދުޅަހެޔޮ މިދުފުން ބާޒާރަށް ނެރުނެވެ.

މިހާރު ބާޒާރުގައި "މިމީރު"ގެ ހަ އުފެއްދުން ލިބެން ހުންނާނެ ކަމަށް ރިޝްތާ ބުންޏެވެ.

ވައްތަރު ގިނަކުރަން ޖެހުނީ އެ އާލާއިން ދުފުމުގެ ތެރޭގައި ހިމެނި ކާށީގެ ރަހަ މީހުންނަށް މީރުވެ، އެއަށް އޮތް ތަރުހީބު އިތުރުވުމުންނެވެ. ގިނައިން ކާށި ކޮށަން ޖެހޭތީ އޭނާގެ ބައްޕަ ވަނީ ކާށިކޮށާ މެޝިނެއް ވެސް އުފައްދާފަ އެވެ.

"ފޯއް އަޅަން ވަރަށް ރިކުއެސްޓް އާދޭ. އެކަމަކު ބުނަން މިއަކަށް ފޯކެއް ނާޅާނަމޭ. އެ ނާޅާ ވިއްކޭތޯއޭ މި މަސައްކަތް ކުރަނީ. ޕްރޮޑަކްޓް ތައްޔާރުކުރާއިރު އެކި ފަރާތްތަކުން އަންނަ ރިކުއެސްޓްތަކަށް ބަލާފައި އެބޭފުޅުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްދެނީ،" ރިޝްތާ ކިޔައިދިނެވެ.

މި އުފެއްދުން އުފެއްދި ފަހުން ރިޝްތާމެންގެއަށް ވަނީ އާ ޖޯޝެއް އައިސްފަ އެވެ. މަންމައާއި ބައްޕަ ދުވާލު ކެނޑިނޭޅި ޝާމިލުވެގެން އުޅެނީ މި މަސައްކަތުގަ އެވެ. ދަރީން އަދި މާމާ ދަރީންގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބިގެންނެވެ. ގޭތެރެއިން އަބަދުމެ ދުވަނީ މިމީރުގެ މީރުވަހެވެ.

ކޮންމެއަކަސް ދުފުމުގައި ބޭނުންކުރެވޭ ފެންފޯކާއި ބިލަތާއި، ހުނި، އަދި ހީރާޕަންނާ ފަދަ ގެއްލުންހުރި ތަކެތި، ލައިގެން ފަށާފައިވާ ދުފުމުގެ އާދަ ކަނޑުވާލުމަށް ވިސްނުންތެރި ބަޔަކު ގެނުވި ކުޑަ ބަދަލާކާއެކު ދުފުން މިއަދު މިވަނީ ދުޅަހެޔޮ ކޮށްލެވިފަ އެވެ. ކިތަންމެ ވަރަކަށް ހަފާ ދިރުވި ނަމަވެސް އޭގެން ގެއްލުމެއް ނުލިބޭ ގޮތަށެވެ. ރައްކާވެ ތިބިއްޔާ ދަތުރު ކިޔަމުންނެވެ.