ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ ވަކިވިފަހުން، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާ އޭނާ ގުޅުވަން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް ހޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ބެން އެފްލެކް ދޮގުކޮށްފި އެވެ.
އުމުރުން 54 އަހަރުގެ އެފްލެކް މިކަން ހާމަކުރީ އޭނާގެ އާ ފިލްމު "އެނިމަލްސް"ގެ ލޮސް އެންޖެލިސް ޕްރިމިއާގެ ތެރެއިން ދިން އިންޓަވިއުއެއްގަ އެވެ.
އޭނާ ބުނީ މިދުވަސްވަރު ލޯބީގެ ގުޅުމެއް ފެށުމަކީ އޭނާގެ އިސްކަމެއް ނޫން ކަމަށާއި، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާގެ ދަރިންނާއި މަސައްކަތަށް ކަމަށެވެ.
"ދަ ވިއު"ގެ ހޯސްޓް އެނާ ނަވާރޯ، އެފްލެކް އަދި ޝަކީރާ ގުޅުވަން މަސައްކަތްކުރި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ މެދު ސުވާލު ކުރުމުން އެފްލެކް ބުނީ، "އަހަރެންގެ މުޅި ހަޔާތުގައިވެސް ތި ވާހަކަ އަޑެއް ނާހަން" ކަމަށެވެ.
އެއާއެކު އާންމުންގެ ތެރޭގައި އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ދޮގު ވާހަކަތަކާއި އަޑުތައް ފެތުރުމަކީ އާންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ އިސްކަންދޭ ކަންކަން އަހަރެންނަށް އެނގޭ. ދިރިއުޅުމުގައި އެންމެ މުހިންމު ދެކަންތައް އެއްފަހަރާ ނުއޮންނާނެ. އަހަރެންނަށް އެންމެ މުހިއްމީ އަހަރެންގެ ދަރިން. ދެން އަހަރެންގެ މަސައްކަތް" އެފްލެކް ބުންޏެވެ.
ބެން އެފްލެކް އާއި ޖެނިފާ ލޮޕޭޒް ދެ އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު ވަރިވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެފްލެކްގެ ކުރީގެ އަންހެނުން ޖެނިފާ ގާނާއަށް ތިން ދަރިން ލިބިފައިވެ އެވެ.
އެފްލެކް ޑައިރެކްޓްކޮށް، ކެރީ ވޮޝިންގްޓަން އަދި ސްޓީވަން ޔުއެން ފެނިގެންދާ ތްރިލާ ފިލްމު "އެނިމަލްސް" ސިނަމާތަކުގައި ދެއްކުމަށްފަހު، އޮކްޓޯބަރު 9 ގައި ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑިޖިޓަލް މީޑިއާގެ އަސަރުތަކުން ދަރިން ރައްކާތެރި ކުރާނީ ކިހިނެއް؟
ދަރިވަރު މަރުވި އެކްސިޑެންޓް: ކާރު ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!