ސްޓެލްކޯއިން މާލޭގެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަން ފަށައިފި އެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިހާރު މާލޭގެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ އެ މަސައްކަތް މިހިނގާ މާޗު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އިތުރަށް ފުރިހަމަ ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޑިމާންޑާ އެއްވަރަށް ސްޓެލްކޯއިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން މިދިޔަމަހު އއ. ބޮޑުފުޅަދޫއަށް 250kW ގެ އިންޖީނެއް ވަނީ ފޮނުވާފަ އެވެ.
ޕީއެންއެފްއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
ގާނޫނާ ހިލާފުވާ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައިފި
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
