ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުތޯ ނުވަތަ ރަސްމާލެ މަޝްރޫއާ ހަވާލުވި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ބާނީ މުހައްމަދު އަލައްބާރުތޯ ސުވާލުކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، އަލައްބާރު ބޭނުންވާ ގޮތަކަށް ރާއްޖޭގައި ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާއި އަސާސީ ހިދުމަތްތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ދައުލަތުގެ މީޑީއާ ޕީއެސްއެމް ހިމެނޭހެން ގިނަ މީޑީއާތަކަކުން މިއަދު މުޅިންވެސް ދައްކަނީ އަލައްބާރުގެ ވާހަކަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، މިދިޔަ ހަފުތާގައި އަލައްބާރު ރާއްޖެ ވަޑައިގެން ބައެއް މީޑީއާތަކާ ބައްދަލުކުރެއްވުމާ ގުޅިގެން މީޑީއާތަކުން އެ މަޝްރޫއު ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މިއަދު އަޅުގަނޑު އިއްޒަތްތެރި ރައީސް ކައިރިން އަހާލާ ހިސާބަށް އެބަދޭ މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުތޯ ޑރ. އަލައްބާރުތޯ؟ އެ ހާލަތަށް ގައުމު ގޮސްފި،" އައްބާސް ވިދާޅުވި އެވެ.
ހަމައެއާއެކު ސަރުކާރުން ރަސްމާލެ ދޫކޮށްލާފައި ވަނީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއްވެސް ނުނަގާ ގޮތަށެވެ. އަދި އެގްރިމެންޓް ފްރޭމްކޮށްފައިވާ ގޮތުން 99 އަހަރަށް ދޫކުރި ކަމަށް ބުނި ނަމަވެސް، ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ހިބައިން ދޭ ކޮންމެ ފަހަރަކު 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭގޮތަށް އޮތުމުން އެތަން އެއްކޮށް ގެއްލިގެންދާނެ ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ.
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
ނޭނގި ނަމަވެސް ކައިވެނީގައި އާއްމުކޮށް ހެދޭ 5 ގޯހާއި އޭގެ ހައްލު!
މުމްބާއީ މުޒާހަރާގައި ބައިވެރިވި އިމްރާން ފުލުހުންގެ ހައްޔަރަށް!