މި ފަހަރު "ހުރިހާ"ގެ ހޮނިހިރު މި ހާއްސަކޮށްލަނީ ރާއްޖޭގެ މިއުޒިކް ދާއިރާއިން އެންމެންގެ ލޯބި ހޯދާފައިވާ ޝައްމޫން މުހައްމަދު (ޝައްމު) އަށެވެ. ޝައްމު އަކީ ޒުވާނުންގެ މެދުގައި މަޤުބޫލު އިކުއެޓިކް ވައިބްގެ، ލީޑް ލަވަކިޔުންތެރިއާގެ އިތުރުން ރިދަމް ގިޓަރިސްޓެވެ.

1. މިއުޒިޝަނެއްގެ ހައިސިއްޔަތުން ލިބުނު އެންމެ ބޮޑު ޝަރަފަކީ ކޮބާ؟

ޖަވާބު: ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބުން.

2. މިހާރު ޕާފޯމް ކުރަނީ ސޯލޯކޮށް އެކަނިތަ؟

ޖަވާބު: އަދިވެސް މި ކުޅެނީ ބޭންޑްއާ އެއްކޮށްް ހަފްތާއަކު ތިން ރޭ ތިން ރިސޯޓެއްގައި. އެކަނި ކުޅެނީ ހުސް ދުވަސް ދުވަހު.

ޝައްމޫން މުހައްމަދު (ޝައްމު)

3. ވަރަށް ގިނަ އިރު އެކަނި ޕާޕޯމްކުރަނިކޮށް ދުށިން. ކިހިނެތް އެނާޖީ ހިފަހައްޓާލަނީ؟

ޖަވާބު: އެނާޖީ ދޯ! މިކަން ކުރަނީ ވަރަށް ކުރާ ހިތުން. އެހެންވީމަ ވަރުބަލި ވެސް އަނެއްހެން ނުވޭ. ދެން އާންމުކޮށް މީހުން ތިބިއްޔާ ކުޅެން ކަނޑައަޅާފަ އިންނަ ގަޑިއަށްވުރެ އިތުރަށް ވެސް ކުޅެން.

4. ނިއު މިއުޒިކް ހަދާއިރު، އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟

ޖަވާބު: ރިކޯޑިން ސްޓޫޑިއޯސް އާއި ޕްރެކްޓިސް ސްޕޭސް ހޯދުމަކީ ވަރަށް ބޮޑު ޗެލެންޖެއް ބޭންޑް ފްރީވާ ގަޑިތަކަށް.

5. އަމިއްލަ ލަވަތަކުގެ ތެރެއިން ޝައްމުއަށް އެންމެ ހާއްސަ ލަވައަކީ ކޮބާ؟

ޖަވާބު: މަގޭ ރާއްޖެ!

https://www.instagram.com/p/C5wRbb2yR4l/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

6. ޝައްމު އިންސްޕަޔާވާ އެހެން މިއުޒިޝަނެއް ހުރޭތަ؟

ޖަވާބު: އަމިއްލަ ރާގު ހަދާ ކޮންމެ މިއުޒިޝަނަކީ އިންސްޕިރޭޝަންއެއް.

7. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ މުސްތަގްބަލާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ވަރަށް ބައިވަރު އާޓިސްޓުން އެބަ އަމިއްލަ ރާގުގެ މަސައްކަތްތައް ކުރަމުންދޭ. އުންމީދަކީ ހަމަ ރީތި އަމިއްލަ ރާގުތައް ގިނަވެ އިންޑަސްޓްރީ ފުޅާވުން.

https://www.instagram.com/reel/C1aBqfYS8Dz/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

8. އަދި އެކްސްޕްލޯ ނުކުރާ އެހެން ޖޮންރާ އޮފް މިއުޒިކެއް އެބައިންތަ؟

ޖަވާބު: އުޅޭނެ ޔެސް!

9. ޝައްމުގެ މިއުޒިކަލް ކެރިއަރުގައި ދުވަހަކު ވެސް ހަނދާން ނުނެތޭނެ ޕާޕޯމެންސްއެއް އެބައިންތަ؟

ޖަވާބު: އަބަދުވެސް ހަނދާން ހުންނާނެ "ޒެއިން" އިންޓަސްކޫލްގަކީ ލަވަ. އެ ޕަފޯމެންސް އަމިއްލަ ރާގުގެ ބައިން އެއްވަނަ ލިބުނު ދުވަސް. އެ ލަވައިގެ ނަމަކީ "ސަގާފަތް"

https://www.instagram.com/reel/CxbL1LMyF9k/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

10. ޝައްމުގެ ފޭންސްއަށް ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ބަހައްޓާ ގާތްކަމަށް. ވަރަށް ލޯބިވޭ!

https://www.instagram.com/p/Cy6kGRUSinL/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==