މި ފަހަރު "ހުރިހާ"ގެ 10 ސުވާލު މި އަމާޒުކޮށްފައި ވަނީ 2020 ގައި ޓޮޕް މޮޑެލް އޮފް ދަ މޯލްޑިވްސް ކާމިޔާބު ކުރި މޮޑެލް މަރިޔަމް ނޫރު އަށް. މޮޑެލްކުރުމުގެ އިތުރުން ނޫރު އަކީ ކޮރެއޮގްރަފާ، ޑިރެކްޓަރު، އެކްޓްރެސް އަދި ނެށުންތެރިއެއް.

1. ނޫރްގެ 21 ވަނަ އުފަންދުވަސް އެހާ ކުލަގަދަކޮށް ފާހަގަކުރީ ކީއްވެ؟

ޖަވާބު: އެންމެ ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ ވަރަށް ބޮޑުކޮށް އުފަންދުވަސް ފާހަގަކުރާނެ، ދެން ބޮޑުވި ފަހުން އަސްލު ޓައިމް ނުލިބޭތީ ހަތަރު ވަރަކަށް އަހަރު ފާހަގަ ނުކޮށްދިޔަ. އެހެންވެ ބޭނުންވީ 21 ވަނަ އުފަންދުވަސް މެމެރަބަލް ކޮށްލަން. އަނެއްކާވެސް ދަ ޓްރެޑިޝަން އޮފް ބިގް ބާތުޑޭ ސެލެބްރޭޝަން ފައްޓަން،

https://vt.tiktok.com/ZS2T2rgfa/
https://www.instagram.com/p/C_qxOipSHov/?igsh=N3hvNzl5enZhNDRj&img_index=1

2. އަދިވެސް އެކްޓްކުރަން ބޭނުންތަ؟

ޖަވާބު: އަބަދުވެސް ބޮލުތެރޭ އިންނަ ކަމެއް އެއީ. އެކްޓް ކުރަންޏާ ބޭނުމީ ބޮޑު ރޯލެއް ކުޅެން. އެ ފުރުސަތު ލިބިއްޖެ ނަމަ އެކްޓް ކުރާނަން.

3. މިހާތަނަށް ލިބުނު އެންމެ މެމޮރަބަލް ގިފްޓަކީ ކޮބާ؟

ޖަވާބު: މައި 2 ކެޓްސް. އައިވީ އަދި ކޮކޯ. ދޭތި ވެސް ލިބުނީ ގިފްޓެއްގެ ގޮތުގައި.

https://www.instagram.com/p/C5f7z2nxaCw/?igsh=NHFnZWcwY2gyZTZp&img_index=1

4. ދުވަހަކުވެސް ދެން ރިޕީޓް ނުކުރާނެ ބިއުޓީ ޓްރީޓްމެންޓެއް އިންނާނެތަ؟

ޖަވާބު: ލިޕް ބްލަޝިން. ވަރަށް ވޭން އެޅި ޓްރީޓްމެންޓެއް އެއީ. ދެން ތުންފަތުން ލޭ އަންނަ ވަރުން ވަރަށް ވަރުން ހެދުނީ. އައްސިކުރިއަސް ނީޑިލް ވަންނަ ފީލްވޭ. ދެތިން ދުވަސް ވަންދެން ތުންފަތް އެއްކޮށް ދުޅަވެފައިނީ. އެދުވަސްކޮޅު މާސްކް އަޅައިގެން އުޅެން ޖެހުނީ ދުޅަވެފައިން ވަރުން. ބަލާލާފަ ހީވަނީ ފެއިލްޑް ލިޕް ފިލާއެއް ހެން.

5. ނޫރު މަސައްކަތް ކުރި އެންމެ ހާއްސަ ޕްރޮޖެކްޓް/ ޝޫޓަކީ ކޮބާ؟

ޖަވާބު: ދިލް އުދެޔާ ލަވަ ޝާން އަދި ކިޑީގެ. ކުޑައިރު ޝާންގެ ލަވަތައް ވަރަށް އަޑުއަހަން. އެހެން އޭނަގެ ލަވައެއްގަ ފީޗާވެ ޑާންސް ކޮރެއޮގްރަފީ ކޮށްދިނުމުގެ ފުރުސަތު ލިބުނީމަ ވަރަށް އުފާވި. 2.2 މިލިއަން ވިއުސް ލިބުުނު ވީޑިއޯ ލަވައެއް ފިޗާވުމަކީ ވަރަށް ޕްރައުޑްވާ ކަމެއް. ކެރިއާގަ ވެސް ލިބުނު އެންމެ ބޮޑު ޕްރޮޖެކްޓް އެއީ.

https://www.instagram.com/p/CfUXPWGJNTO/?igsh=YnQyZ290dGdudHFp

6. މިހާތަނަށް ދެވުނު އެންމެ ރީތި ރިސޯޓަކީ ކޮބާ؟

ޖަވާބު: ވަރަށް އުނދަގޫ ޗޫސް ކުރަން އެއީ ނޫރަށް ރީތި ޓާމް ކުރެވެނީ ސާވިސްއިން. އެކަމަކު ޗޫސް ކުރަން ޖެހިއްޖެޔާ ކުރާނީ ޖޭ ޑަބްލިއު މެރިއޮޓް. ސާވިސްއާ ރިސޯޓް ހަދާފައި އިން ގޮތް ވަރަށް ހިތްގައިމު.

7. ނޫރުގެ ޑްރީމް ޓްރެވަލް ޑެސްޓިނޭޝަން އަކީ ކޮބާ؟

ޖަވާބު: ޕެރިސް. އެވެސް ފެޝަން ވީކް ތެރޭ. ދުނިޔޭގެ އެންމެ ބޮޑެތި ސެލެބްރިޓީސް އެންމެ ފަހުގެ ރީތި ހެދުންތަކުގައި އުޅޭތަން ދެކިލާ، ފޭމަސް އައިފެލް ޓަވާ ބަލާލަން ބޭނުން ވަރަށް.

8. ނިއު ޝޫޓް/ޕްރޮޖެކްޓް އެއްގައި ނޫރު އަށް އެންމެ ޗެލެންޖިން ކަމަކީ ކޮބާ؟

ޖަވާބު: ވަގުތު ހޯދުން. އަސްލު ވަރަށް ބިޒީ ޝެޑިއުލްއެއްގައި އަބަދު މި އުޅެނީ. ވަޒީފާއެއްގައި އުޅޭތީ ވަރަށް އުނދަގޫ އެ ޕްރޮޖެކްޓަށް ދޭން ޖެހޭ ވަރުގެ އެޓެންޝަން އާއި ޓައިމް ނުދެވޭތީ.

9. ނޫރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބާ؟

ޖަވާބު: ދިވެހިރާއްޖޭގެ ޓޮޕް މޮޑެލް 2020 އަށް ވުން. ބޮޑުވަމުން އައި އިރު މުޅިން ވެސް އިވެނީ މީހުންގެ ފާޑުކިޔުން ހުންނަ ގޮތާ މެދު. އެހެންވެ އަމިއްލަ ނަފްސަށް ކޮންފިޑެންސް ނެތް އިރު އެކަހަލަ ބޮޑު ޓައިޓަލްއެއް ލިބުނީމަ ވަރަށް ފަހުރުވެރިވަން.

2020 ގައި ނޫރް ވަނީ ޓޮޕް މޮޑެލް މޯލްޑިވްސް މުބާރާތް ކާމިޔާބުކޮށްފައި

10. ނޫރް ކުރިއަށް ދާން ބޭނުންވަނީ ކޮން ފީލްޑަކުން؟

ޖަވާބު: ނަސީބާއި މަސައްކަތުންް ނޫރު އުޅެން ބޭނުންވާ ދެ ފީލްޑްގައި މި އުޅެނީ. އެއީ މޮޑެލިން/އެންޓަޓެއިންޓްމެންޓް އިންޑަސްޓްރީ އަދި ކަސްޓަމާ ސާވިސް އިންޑަސްޓްރީ.