މިހާތަނަށް އެޗްޑީސީން އަމަލުކޮށްފައިނުވާ ހާއްސަ އުސޫލަކުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ އަންހެނުން ހިމެނޭހެން އިތުރު ފަސް މީހަކަށް ހުޅުމާލެއިން ގޯތި ވިއްކައިފި އެވެ.
ފަޒުލްގެ އަންހެނުން ޒުލްފީނާއަށް ގޯތި ވިއްކާފައި ވަނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުންނެވެ. އޭނާއަށް ވިއްކީ 2،140 އަކަފޫޓުގެ ބިމެކެވެ. އެ ގޯތި ވިއްކާފައި ވަނީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. އެޗްޑީސީން ހަމަޖެއްސި ހާއްސަ އުސޫލުގައިވާގޮތުން އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭވަރު ދައްކައި ޚަލާސްކުރާގޮތަށެވެ. އެގޮތުން މަހަކު ދައްކަންޖެހެނީ 185،366.18 ރުފިޔާ އެވެ.
މިދިޔަ ސަރުކާރުން ހުޅުމާލެއިން ބިންވިއްކަން ހުޅުވާލުމުން ޒުލްފީނާ ވެސް ކުރިމަތިލި އެވެ. އެކަމަކު ލިސްޓުގެ ތިރީގައި ނަން އޮތުމުން އޭނާއަށް ފުރުސަތެއް ނުލިބުނެވެ. އެހެންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ވެސް ނިންމީ ޒުލްފީނާއަށް ގޯތި ވިއްކަން އެޗްޑީސީގެ މައްޗަށް އަމުކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފަޒުލް އާއި ޒުލްފީނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެވިއްކަނީއެއްނޫން ގޯތިބޭނުންމީހަކަށްދެނީ ވިއްކާނަމަވަގުތުންފައިސާލިބޭނެ ފަޒުލު އެވައްޓާލީ އިޚުލާސްތެރިބައްޕާފުޅުގެއަގު މަރުހޫމަގެފުރާނަފުޅަށްސުވަރުގޭގެދާއިމީ ރަޙުމަތާއި ނިޢުމަތްމިންވަރުކުރައްވާށި އާމީން
އަޅުގަނޑު ޤަބޫލުކުރާ ހަމައިންކަމައް ވެއްޖިއްޔާ ފަޒުލްޖެހެނީ އެމަގާމުން ވަކިކުރަން. އަޅުގަނޑު އުއްމީދުކުރަނީ ރައީސް މުއައްޒު އެފިޔަވަޅު އަޅުއްވާނެކަމައް
ވިއްކާ އެއްޗަކަށްވާނަމަ ވަގުތުން ފައިސާ ދައްކަންވާނެއެވެ އޭރުން އެހެން މީހުނައް ވެސް ފަޒުލު އަންހެނުންނަށް ގޯތި ދިންގޮތަށް ގޯތި ދޭންވީއެއްނޫންތަ