ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަނބިކަބަލުންނަށް ހާއްސަ އުސޫލަކުން ހުޅުމާލެ އިން ގޯތި ދިން ވާހަކަ ދެއްކުމުން އެކަމާއި ގުޅުވާ ރައްދުދިނުމުން ފަޒުލްގެ ގިލްޓީ ވަރު ހާމަވާކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ފަޒުލްގެ އަންހެނުންނަށް ހާއްސަ އުސޫލަކުން ހުޅުމާލެއިން ގޯތި ދިން ހަބަރު ޝެއާކުރައްވާ ޖަމީލް ވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލުން އޮންނަ ކަމެއްކަމަށާއި ހާއްސަ އުސޫލަކީ ގާނޫނުން ބޭރު ކަމެއްކަމަށް ވިދާޅުވެ ފަޒުލް ޓެގް ކުރައްވާފަ އެވެ.
އެހެންކަމުން މި ހިންގާ ކޮރަޕްޝަން ބެލުމަށް ޕޮލިސްއާއި އޭސީސީއަށް އިލްތިމާސް ކުރައްވާކަމަށާއި މިއީ ރޯމާދުވާލު ވައްކަންކުރުކަމަށާއި އަދި ފަޒުލްގެ މައްޗަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޖަމީލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ޖަމީލުގެ އެ ޕޯސްޓާއި ގުޅިގެން ފަޒުލް ވަނީ ގޯއްޗަކާ ގުޅޭގޮތުން އޭނާ ތައްޔާރުކޮށްފައިވާ ލިޔުމެއްގެ ފޮޓޯތަކެއް ހިއްސާކުރައްވާ އެކަން ތަހުގީގު ކުރުމަށް ވިދާޅުވެފަ އެވެ. ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމަށާއި ހައްގުއޮތީ ހަމައެކަނި ޖަމީލްގެ އާއިލާއަށް ކަމަށް ދެކުމަކީ ކޮށި ވިސްނުމެއްކަމަށް އޭނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ފަޒުލްގެ އެ ޕޯސްޓަށް ރައްދު ދެއްވަމުން މިއަދު ޖަމީލު ވިދާޅުވީ ފެނިގެން މިދަނީ ފަޒުލް ގެ ޑެސްޕަރޭޓްކަން ކަމަށެވެ. ފަޒުލް އެ ހިއްސާކުރެއްވި މައްސަލައާ އޭނާއާ އޮތީ ކޮން ގުޅުމެއްތޯވެސް ޖަމީލް ސުވާލުކުރެއްވި އެވެ.
"އަމިއްލަ އަންހެނުންނަށް ހާއްސަ އުސޫލު ހަދާ ގޯތިދިނުމާ އަދި އެތަކެއް ކޮރަޕްޝަނުގެ ތުހުމަތު އެބަ މީޑިޔާގައި ތިލަކުރޭ. ތިވަރަށް ހާސްވީމަ ގިލްޓީ ވަރު އެބަ އެނގޭ. ވަގުތު އަރާ ހަމަކުރާނެ. އެ ވަގުތާ އަރާ ހަމަކުރާއިރު ކުރުސި ރަނގަޅަށް ކިޔަން ހަނދާން ކުރާތި" ޖަމީލް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަަމަށްވާ ފަޒުލްގެ މައްޗަށް ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭއިރުވެސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާގެ މައްސަލަ ނުބަލާކަން ފާހަގަކޮށްލެވެ އެވެ.
ސަރުކާރުގެ އިދާރާ ތަކަކީ މައްސަލައެއް އޮތަސް ބަލާތަނެއްނޫ ނެވެ ޖެހޭނީ މައްސަލަ ހުށަ އަޅާފައި އިންތިޒާރުކުރަން ދެން ދުވަސްކޮޅަކުން ޖެހޭނީ މައްސަލަ ހުށައެޅިތަނަ ގޮސް ކައުންޓަރު ގައި ގޮއްމުށުން ޖަހާފައި އެތާ ތިބޭ ކުދިން ހޭވެރި ކުރުވައިގެން ވިސްނަދީގެން މައްސަލަ ހިންގޭނެ ގޮތެއް ފެނޭތޯ އެއް އިދާރާއެއްގެ ވެރި އަކަށް ސިޓީއެއް ފޮނުވާށެވެ އެއް ސިޓީ ގައި އޮންނަން ވަނީ ކޮންމެވެސް ރޯދަމަހެއްްގައި އަގު ބޮޑު ރިސޯޓަކުން ރޯދަވީލުމެއް ހަމަ ޖައްސަދޭށެވެ އަދި ނުނިމޭ