"ހުރިހާ"ގެ ހޮނިހިރު 10 ސުވާލު މި ހަފްތާގައި މި ހާއްސަ ކޮށްލަނީ މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު (ރިޒް) އަށެެވެ. މޭކަޕް ކުރުމުގެ އިތުރުން ރިޒް އަކީ ހެއާ އަދި ނެއިލް އާޓިސްޓެކެވެ.

1. މޭކަޕް އާޓިސްޓަކަށް ވާން ނިންމީ ކީއްވެ؟

ޖަވާބު: ސްކޫލްގައި އުޅުނުއިރު، ވޯކް އެކްސްޕީރިއަންސް މަސައްކަތް ކުރީ ފަހަރިގެ ސެލޫންގައި. ދެން އެ ހިސާބުން މި ފީލްޑަށް، މި މަސައްކަތަށް ހިތް ޖެހުނީ.

https://www.instagram.com/p/CSjPTrzoka4/?igsh=NWtidmxqYzdxd2tp

2. އެއްވެސް ޓްރެއިނިންއެއް ހަދާފައި އިންނާނެތަ؟

ޖަވާބު: ލަންކާގެ ރާމަނީ ފާނަންޑޯ ބިއުޓީ އެންޑް ހެއާކެއާ އެކަޑަމީ އިން ޑިޕްލޮމާ ބިއުޓީ ތެރަޕީ އަދި ހެއާ ޑްރެސިން ކިޔެވީ. އޭގެ އިތުރުން ވެސް ބައިވަރު ޝޯޓް ކޯސަސް އާއި އޮންލައިން ވޯކްޝޮޕްސް އާ މާސްޓާ ކްލާސަސްގައި ވެސް ބައިވެރިވެފައި ހުންނާނެ.

3. އަލަށް ސްޓާޓް ކުރިއިރު ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟

ޖަވާބު: އަލަށް ސްޓާޓް ކުރި އިރު މި ފީލްޑްއާ މެދު މީހުންގެ ވިސްނުން ވަރަށް ދެރަ. މީހުން އެހާ ރެސްޕެކްޓް ކުރާ ކަމަކަށް ނުވި. ދެން އެކަމާ ވަރަށް ދެރަވި ވަރަށް އުއްމީދާ އެކު ފެށި މަސައްކަތެއް ވީމަ.

4. ރިޒް ދެކޭ ގޮތުގައި، މި އަހަރުތަކުގެ ތެރޭގައި މި އިންޑަސްޓްރީއަށް އައި އެންމެ ޕޮޒިޓިވް ބަދަލުތަކަކީ ކޮބާ؟

ޖަވާބު: އެންމެ ބޮޑު ބަދަލަކީ މީހުންގެ ވިސްނުން ބަދަލުވެ، މީހުން ވަރަށް މިކަމަށް ޝައުގުވެރިވެ މި ފީލްޑްގެ މީހުންނަށް ރެސްޕެކްޓްކުރޭ.

5. ރިޒް މަސައްކަތް ކުރި އެންމެ މެމޮރަބަލް/ ސްޕެޝަލް ޕްރޮޖެކްޓަކީ ކޮބާ؟

ޖަވާބު: މިވީ އަހަރުތަކު ތެރޭ ވަރަށް ބައިވަރު، ހަނދާން ނުނެތޭނެ ވަރުގެ ބައިވަރު އިވެންޓްގައި އުޅެވުން. ބްރައިޑް ފެއާ ތަކާއި އެކި ކަހަލަ ޝޯސްގައި މޭކަޕްކޮށް. އަމިއްލަ މޭކަޕް ޝޯއެއް 2014 ގައި ބޭއްވުނު. އޭރު އަޅުގަނޑު ލޭކޮކާ ލުކްސް ސެލޫން ހިންގިއިރު. އޭގެ ފަހުން، 2016 ވަނަ އަހަރު އައިޓީބީ ފެއާގަައި ރާއްޖޭގެ ހޯސްޓް ކުރި ފަހަަރު ބޭއްވި ޝޯގެ ލީޑް މޭކަޕް އާޓިސްޓަކަށް އަޅުގަނޑު ހުރީ. އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް.

6. މޭކަޕް ކޮށްދިނުން ކިޔަވއިދިނުމުގެ އިންޓްރެސްޓް އެބަހުރިތަ؟

ޖަވާބު: މި ވޭތުވެދިޔަ އަހަރު ތެރޭ ވަރަށް ބައިވަރު ކްލާސަސް ނަގައިދީ، މި ފީލްޑަށް ވަރަށް ބައިވަރުކުދިން ނެރެވުން.

މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު ކްލާސް ނަގައިދިން ބެޗެއް
މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު ކްލާސް ނަގައިދިން ބެޗެއް

7. މިހާރު އޮފާ ކުރަނީ ކޮން ސާވިސަސްއެއް؟

ޖަވާބު: މިހާރު ދެން ހަމަ ބޮޑަށް ފޯކަސް ކުރަނީ ބްރައިޑަލް މޭކަޕްތަކަށް. ދެން އޭގެ އިތުރުން އެކި ކަހަލަ ބްރައިޑަލް އަދި ބްރައިޑްސްމެއިޑް އަދި ކިޑްސްގެ ހެޑް ޕީސްއާ އަދި ބުކޭ ވެސް ހަދަން.

https://www.instagram.com/p/DBPRGshxo37/?igsh=MXRscDF0amJva2o2ZA==
https://www.instagram.com/p/CjQO9T0P4F_/?igsh=c3RncnIwanExZ2d3

8. މޭކަޕް އާޓިސްޓެއްގެ ހައިސިއްޔަތުން، ވަކި ހާއްސަ ބްރޭންޑެއް ނުވަތަ ޕްރޮޑަސްޓެއް ފާހަގަ ކުރެވޭތަ؟

ޖަވާބު: އަޅުގަނޑު ބޭނުންކުރަނީ އެކި ކަހަލަ ބްރޭންޑްސް. ވަކި އެއް ބްރޭންޑެއް ޕްރިފާއެއް ނުކުރަން. ވަރަށް ރިވިއުސް ބަލާފަަި ޓެސްޓް ކޮށްފަައި ކިޓް ހަމަކުރަނީ.

9. އަލަށް މި އިންޑަސްޓްރީއަށް ވަންނަ ކުއްޖަކަށް ދޭނެ އެޑްވައިސްއެއް އެބައިންތަ؟

ޖަވާބު: މި ފީލްޑަށް އަލަށް އަންނަ ކުދިން ކައިރީ ބުނެލަން ބޭނުންވަނީ، ވަރަށް ކްލީން ކިޓްއެއް ގެންގުޅެން އާދަކުރާށޭ. ވޯކް އެކްސްޕީރިއަންސް ހޯދާފައި ކްލައެންޓްގެ މޭކަޕް ކުރަން ފަށަން ވާނީ.

10. ތިގޮތަށް ކުރިއަށް ދާންތަ ބޭނުންވަނީ ނޫނީ އިތުރުކަމެއް ކުރުމުގެ ވިސްނުން އެބަހުރިތަ؟

ޖަވާބު: އަސްލު ވަރަށް ބޭނުންވޭ މި ފީލްޑްގެ އިތުރު ކަންކަންވެސް އެކްސްޕީރިއަންސް ކުރަން. ބޮޑަށް އިވެންޓްސް ވެސް ޝޯސް ވެސް ހިންގަން ވަރަށް އިންޓްރެސްޓް އެބަހުރި.

ރިޒް އިވެންޓެއްގައި