ފްރާންސްގެ ޕްރޯވެންސްގައި އޮންނަ ލެވެންޑާ ފީލްޑްސްއަކީ ހޫނު މޫސުމުގައި އެ ސަރަހައްދަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބޭ މީހެއްގެ ހިތް މުޅި އުމުރަށް ހިތް ދަމައިގަންނަހާ ރީތި ހިތްގައިމު ތަނެކެވެ.
މިތަނަކީ ލެވެންޑާ މާތަކުން ފުރިފައިވާ ވާދީއަކަށްވާއިރު މި މާތަކުގެ ސަފުތަކަކީ ބަލާބެލުމަށް ދުވަހަކުވެސް ނިމުމެއް ނާންނަ ސަފުތަކެވެ.
ހޫނު މޫސުމުގައި ފްރާންސްގެ ޕްރޯވެންސްގެ ސޯލްޓް އަދި ވަލްރިއަސް ނަމަކަށްކިޔާ ސަރަހައްދުތަކުގައި ފަތުރުވެރިން ގިނަވާ އެންމެ ބޮޑު އެއް ސަބަބަކީވެސް މި ރީތި ވާދީ އެވެ.
ދަނބު ކުލައިން ފުރާލައިފައި އޮންނަ މި ވާދީއަކީ މާމުއި، ސައިބޯނި އަދި ސެންޓް އުފެއްދުމަށް ލެވެންޑާ މާ ހައްދާ އެންމެ ބޮޑު ވާދީ އެވެ.
މި ވާދީއިން އުފައްދާ މާމުއި އަކީ އާދަޔާޙިލާފަށް މީރު މާމުއިއެއްކަމަށް ރަހަ ބަލާލަން ލިބޭ މީހުން ބުނާއިރު މި މާމުއިން އުފައްދާ ބައެއް ކާ އެއްޗިހީގެ ތެރޭގައި ފްރާންސްގެ ސަގާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ލެވެންޑާ ސޯބޭޒްއަކީ ރަހަ ނުބަލައި ދޫކޮށްލަން ނުވާވަރުގެ މީރު ކާ އެއްޗެކެވެ.
ފްރާންސްގެ މި ސަރަހައްދުގައި މި މާތަކަށް ހާއްސަކޮށްގެން ދާރުލްއާސާރެއްވެސް ހުންނައިރު މި ވާދީއަށް ހާއްސަކޮށްގެން ފެސްޓިވަލްތައްވެސް މި ސަރަހައްދުގައި ދަނީ ބާއްވަމުންނެވެ.
މި ވާދީއަކީ އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ މި ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ އެންމެންގެ ހިތްތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތަނެކެވެ.
މިއީ ވަރަށް ކަމުދާ ބައެއް. މިކަހަލަ ގިނަ ތަންތަނުގެ ވާހަކަ ގެނެސްދޭން ފެނޭ