1. ފިޓްނެސް ދާއިރާއަށް އިންޓްރެސްޓް އުފެދުނީ ކިހިނެތް؟
ޖަވާބު: ފިޓްނެސް ދާއިރާއަށް ޝަޒީ ހަނދާންވާ ގޮތުގައި ކުޑައިރުވެސް ވަރަށް އިންޓްރެސްޓް ހުރޭ. ޝަޒީ ކުޑައިރު ސްކޫލްގަ އެކިއެކި ކުޅިވަރުގައި ބައިވެރިވާން ޝައުގު ހުރޭ. ބޮޑުވެގެން އައިއިރުވެސް އޮފީހުގައި އުޅުނުއިރުވެސް އޮފީސް ސްޕޯޓްސް މުބާރާތްތަކުގައި ބައިވެރިވެ އުޅުނިން. އެހެންވީމަ އަސްލު ޝަޒީ އަބަދުވެސް ހަނދާން ހުންނަނީ އެކްޓިވްކޮށް އުޅޭ ކުއްޖެއްގެ ގޮތުގައި.
2. ޑާންސް ވެސް ކުރަންދޯ. އަމިއްލައަށްތަ ދަސްކުރީ؟
ޖަވާބު: ޑާންސްއަކީ ވެސް ޝަޒީ ކުޑަ އިރުއްސުރެ ހަމަ ވަރަށް ބޮޑަށް ގަޔާވި ކަމެއް. ޝަޒީ ސްކޫލްގައި އުޅުނުއިރު މަންމަ ޝަޒީ ސްކޫލް ކޮންސެޓްގައި ކޮންމެ އަހަރަކުވެސް ބައިވެރިކުރުވާނެ. ހަމަ އެގޮތަށް ސްކޫލްގެ ސަގާފީ ނެށުން އަދި ބޮޑުވެގެން އޮފީހަށް ދިޔައިރުވެސް އެނިވާސަރީ ސެލެބްރޭޝަންސް އަދި ޕާޓީތަކުގައި ހަމަ ސްޓޭޖް ޕާޕޯމެންސްތައް ހުށަހެޅިން. އަމިއްލަ އަދި އެހެން މީހުންގެ އެހީ އާ އެކީގަ ޑާންސް ދަސްކޮށް އުޅުނީ.
3. ރާއްޖޭގައި އަންހެނުންނަށް ހާއްސަ ޖިމްތައް ގިނަ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެންތަ؟
ޖަވާބު: އަންހެނުންނަށް ހާއްސަ ޖިމަކީ އަސްލު ރާއްޖޭގަ ވަރަށް މުހިއްމު ކަމެއް. އަންހެން ބޭފުޅުންނަށް އެމީހުންގެ ކަސްރަތު ފަަސޭހަ އަދި ހަމަޖެހިލައިގެން ކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ގިނަ އަންހެން ބޭފުޅުން ހިތްހަމަ ޖެހެނީވެސް ފިރިހެން ބޭފުޅުން ނޫޅޭ ޖިމް އެއްގަ ކަސްރަތުކުރަން.
4. ވަރަށް ހިތްހަމަ ޖެހޭ ކްލައެންޓް ޓްރާންސްފޯމޭޝަންއެއް ގެނެވުނުތަ؟
ޖަވާބު: އަޅުގަނޑުގެ ހުރިހާ ކްލައެންޓްއަކީ ވެސް ހަަމަ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ޓްރާންސްފޮމޭޝަންސް ގެނެވުން ކްލައެންޓްސް.
5. ގްރޫޕް ފިޓްނެސް ކްލާސްތަކުގެ ތެރެއިން އަލަށް ފަށާ ކުއްޖަކަށް ރިކޮމެންޑް ކުރާނީ ކޮން ކްލާހެއް؟
ޖަވާބު: ގްރޫޕް ފިޓްނެސް ކްލާސަސްގެ ހުރިހާ ކްލާހެއްވެސް ބިގިނާސްއަށް ރިކޮމެންޑް ކުރަން. ކޮންމެ ކްލާހެއްގަވެސް ޝަޒީ ގަބޫލުކުރާ ގޮތުގައި އެކި ލެވެލްސްގެ އިންޓެންސިޓީ ހުންނާނެ. އެ ކުއްޖެއްގެ ފިޓްނެސް ލެވެލްގެ އިންޓެންސިޓީގަ ކްލާސް ހަދާލެވޭނެ.
6. ޕާސަނަލް ޓްރެއިނިންގްގެ ހިދުމަތްދޭ އިރު އެންމެ ފޯކަސް ކުރަނީ ކޮންކޮން ކަމަކަށް؟
ޖަވާބު: ބައިވަރު ކަންތައް. ކްލައެންޓްގެ އެނާޖީ ލެވެލް ސެޝަންއަށް އަންނައިރު. އަޅުގަނޑު ދޭ އެކްސަސައިޒެސް ނޫނީ ވޯކައުޓް ޕްރޮގްރާމް އެއީ ކްލައެންޓްގެ ގޯލްސްއާ ގުޅޭ ޕްރޮގްރާމެއްތޯ ބެލުން. މެޑިކަލް ކޮންޑިޝަންސް. ސްޓްރެސް އެންޑް ވޯކް ލޯޑް. އެކަހަލަ ބައިވަރުކަންތައް.
7. ޕާސަނަލް ޓްރެނިން އާއެކު ނިއުޓްރިޝަންއާ ބެހޭ މައުލޫމާތުވެސް ދެންތަ؟
ޖަވާބު: އާދެ. ނިއުޓްރިޝަން އެއީ ޓްރެއިނިންގް ޕްރޮގްރާމް އެއްގެ އެންމެ މުހިއްމު އަދި އެންމެ އުނދަގޫ އެއްކަންތައް ފޮލޯކުރަން.
8. ހިކެން މަސައްކަތްކުރާ އިރު ގިނަ ކްލައެންޓްސް ހަދާ މިސްޓޭކްއަކީ ކޮބާ؟
ޖަވާބު: އަވަހަށް ހިކެން ބޭނުންވާ ކްލައެންޓްސް އަށް އެންމެ ގިނައިން ހެދޭ މިސްޓޭކްއަކީ މީލް ސްކިޕް ކުރުން، ވަކި ގަޑިއެއްގަ ނުކައި ހުރުން. އެއީ އަސްލު ޝަޒީ ގަބޫލުކުރާ ގޮތުގަ އެހާ ހެލްތީ އާދައެއް ނޫން. ކޮންމެ ގަޑިއެއްގަ ވެސް ކާންވާނެ.
9. ސަޕްލިމެންޓްސް ނެގުމުގައި ވިސްނަން ޖެހޭ ކަަންކަމަކީ ކޮބާ؟
ޖަވާބު: ސަޕްލިމެންޓްސް އެއީ އެމީހަކަށް ނަގަން ވަރަށް މުހިއްމު އެއްޗެއްތޯ. މިސާލަކަށް ރަނގަޅު ކާނާއިން ޕްރޮޓީންސް ރަނގަޅަށް ލިބެންޏާ ޕްރޮޓީން ޝޭކް މުހިއްމެއް ނޫން. އެކަމު ކްރިއޭޓިން ނޫނީ ޕްރިވޯކައުޓް އަކީ ލިމިޓުން ބޭނުންކުރަން ރަނގަޅު އެއްޗެއް.
10. ފިޓްނެސްއާ ގުޅޭ ޓްރެއިނިންގްސްތައް ވަރަށް ހަދައިފިން ދޯ. އިތުރު ޓްރެއިނިންގްއެއް ހެދުމުގެ ވިސްނުން އެބަހުރިތަ؟
ޖަވާބު: ޝަޒީ އަދި އަސްލު ނުވިސްނަން މި ދާއިރާއާ ދުރަށް ދާކަށް. އެހެންވީމަ އަދި ހަދަން ބޭނުންވާ ބައިވަރު ޓްރެނިންގްސް އެބަހުރި. އަދި ކުރިއަށް ދާން ކިޔެވުން އޮތީ.