ޕީއެސްއެމުން ގެނެސްދިން ހަބަރެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދިއްޖެ އެވެ.
މި މައްސަލައިގައި ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފައި ވާކަމަށްވެސް ޕީއެސްއެމުން ބުނެ އެވެ.
މި މަންޒަރުތައް ދައްކާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގެރޭސި ހަބަރުގަ އެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބޭއަދަބީ މަންޒަރުތަކެއް ދެއްކިފައިވާތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށާއި އެކަމަކީ އެ ކުންފުނީގެ ކޮންޓެންޓް އަދި އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަސް މައްސަލައެއް ކަމަށެވެ.
މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ކުންފުނިން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި އިހުމާލުވި ދެ މުވައްޒަފުންގެ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވައި، އެކިއެކި ޑިޕާޓްމެންޓްތަކުގެ އެސްއޯޕީތައް އިސްލާހުކޮށް އެކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ރައީސް މުއިއްޒު އއ.ރަސްދޫ އަށް ކުރެއްވި ދަތުރުފުޅުގައި ލައިވް ޖަލްސާއެއްގައި ކީރިތި ޤުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާގޮތަށް ދައްކާފައިވާތީ މިދިޔަ ބުރާސްފަތި ދުވަހުވެސް ޕީއެސްއެމްއިން ވަނީ މާފަށް އެދިފަ އެވެ.
އެމަސައްލައިގައިވެސް މުވައްޒަފުން ތަކަކަށް ވަނީ ފިޔަވަޅު އަޅާފައިކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބޭއަދަބީ މަންޒަރު ދެއްކުން ފަޚްރެއް ކަމުގަ ދެކިގެން ދެއްކީމަ އެވަނީ ފަކުރަކަށް
ރިޕްލައި