ކޮވިޑާ ދެކޮޅަށް ވާހަކަދެއްކެވި ތަންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އުމުރުން 61 ގައި އަވަހާރަވެއްޖެ އެވެ.
އެ ގައުމުގެ ނައިބު ރައީސް ސާމިއާ ސުލުހު ހަސަން މިހަބަރު ގައުމީ ޓިވީން އިއުލާން ކުރައްވާފައި ވަނީ ބުދަ ދުވަހު އެވެ.
ފެބްރުއަރީ 27 އިން ފެށިގެން ރައީސް ޖޯން އާންމުނަށް ފެނިފައިނުވުމާއެކު އޭނާއަށް ކޮވިޑް ޖެހިފައިވާކަމުގެ ހަބަރުތައް ފެތުރިފައިވެ އެވެ. ނަމަވެސް އެ ގައުމުގެ އޮފިޝާލުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެކަން ދޮގުކޮށްފަ އެވެ.
އެ ގައުމުގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް ޖޯން އަވަހާރަވީ އިއްޔެ ހަވީރު 6:00 ގަ އެވެ. އެ މަނިކުފާނު އަވަހާރަ ވެފައިވަނީ ހިތުގެ ބައްޔަކާ ގުޅިގެން ފަރުވާހޯއްދަވަމުން ދިޔަ އެގައުމުގެ އެމްޒިނާ ހޮސްޕިޓަލުގަ އެވެ.
މަގުފުލީ އަވަހާރަވިކަން އިއުލާން ކުރެއްވުމަށްފަހު ތައުޒިޔާ އަރިސްކުރުމަށް ނައިބު ރައީސް އާއި ވާހަކަފުޅުދެއްކެވި ކަމަށް އިދިކޮޅު ލީޑަރު ޒިއްޓޯ ކަބްވޭ ވިދާޅުވެފައިވެ އެވެ. އަދި ގައުމައް ކޮށްދެއްވި ހިދުމަތް ގައުމުގެ ހުރިހާ ރައްޔިތުން ވެސް ހަނދާން ހުންނާނެ ކަމަށް ޒިއްޓޯގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރިޔާސަތުގެ ބާކީ އޮތް އަހަރުތަކުގެ ވެރިކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސް ސާމިޔާ ކަމުގައި ޓެންޒޭނިޔާގެ ގާނޫނު އަސާސީގެ މާހިރުން ގަބޫލުކުރައްވަ އެވެ.
އެކަމަނާ ވެވަޑައިގަންނަވާނީ އިރުމަތީ އެފްރިކާގެ ފުރަތަމަ އަންހެން ރައީސްއަށެވެ. އެކަމަނާއަކީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ނައިބު ރައީސަކަށް ވެވަޑާއިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					