ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ބިންތަކެއް ވިއްކައި ހިންގި ޖަރީމާގެ އަގު 406 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި މިހާތަނަށް މިޖަރީމާގެ ތެރެއިން ނުގަވާއިދުން 50 ބިމެއް ވަނީ ވިއްކާފަ އެވެ. ވިއްކާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި 1250 އަކަފޫޓުގެ ގޯތިތަކެވެ. ހުޅުމާލޭގެ ބިންތައް މިހާރު ވިއްކަނީ އަކަފޫޓެއް 6500ރ. އަށެވެ.
އެހެންކަމުން މިރޭޓުން މި އަދަދަށް ގޯތި ވިއްކައިފިނަމަ 8.1 މިލިއަން ރުފިޔާ މި ޖަރީމާގައި ޝާމިލްވި މީހުންނަށް ވަނީ ލިބިފަ އެވެ.
އެޗްޑީސީން މިގޮތަށް ވިއްކި ގޯތިތަކުގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބުނެފައި ވަނީ އެއީ އެ މީހުންނަށް ލިބިފައިވާ ގޯތިތަކެއް ނޫން ކަމަށް ބުނެފަ އެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ފަޒުލްގެ ކޮއްކޮ، މުހައްމަދު ފަޒީލް ރަޝީދަށް ދޫކޮށްފައިވާ ގޯއްޗަކީ ވެސް ނުހައްގުން، ވަގު ލިޔުމެއް ތައްޔާރުކޮށްގެން ދީފައިވާ ގޯއްޗެއްކަން ވަނީ ފަޅާއަރައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓްގައިވާގޮތުން ފަޒީލް ގޯއްޗަށް ޝަރުތުހަމައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް އޭނާ ތުހުމަތުކުރީ އެޗްޑީސީގެ އެމްޑީ ފަޒުލްއަށެވެ. މިހާރު ވެސް މިކަން ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ. އިބްރާހިމް ފަޒުލް ރަޝީދު, އެޗްޑީސީ އެމްޑީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
Hurihaa އެމް ވީ ނޫހުން ސާބިތްކޮށްދޭންވީނޫންތޯ މިސަރުކާރުން ބިންވިއްކާގެން ހިންގިޖަރީމާއެއް MDP ސަރުކާރުން ބިންވިއްކާގެން ލިބުނު ލާރިތައް MDP GE ބޮޑުންބަނޑުއަޅާލިއިރުނުފެނުނީތޯ ފިތުނައުފައްދައް ތީބޮޑުވަރެއް.
ރިޕްލައި