ގަވައިދާ ހިލާފަށް ރާއްޖޭގެ އިގުތިސާދި ސަރަހައްދަށް ވަދެގެން އުޅެނިކޮށް އަތުލައިގަތީ ލަންކާ ބޯޓެއްކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެނެވެ.
މިހާރު އެ ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެއީ އެއީ ސްރީލަންކާ އަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އެ އުޅަނދުގައި 3 މީހަކު ތިބި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ދޭތެރެ ދޭތެރެއިން އެކި ގައުމުތަކުގެ ބޯޓުތައް އެތެރެވެގެން އެމްއެންޑީއެފްއިން ހިފަހައްޓަ އެވެ. އެގޮތުން ޑްރޯންގެ އެހީގައި މިދިޔަ ނޮވެމްބަރު 16 ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި ބޭރުގެ މަސް ބޯޓެއް އަތުލައިގަތެވެ.
މި ސަރުކާރުން ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ ހޭދަކޮށްގެން ތުރުކީން ތިން ޑްރޯން ގަނެ ވަނީ މިފަދަ ކަންކަމުގައި ބޭނުންކުރަން ފަށާފަ އެވެ.
މިފަހަރުގެ އީދަށް އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމެއް ނެތް!
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!