ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލަމުންދާ މައްސަަލައަކާއި ގުޅިގެން ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އެނގިފައިވާގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ސްޓެލްކޯއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ އިއްޔެ ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ.
ކުރީގެ ސަރުކާރުތަކުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުވެސް އަދާކޮށްފައިވާ ޝަރީފް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރު އެވެ.
ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ: އެޗްޕީއޭ
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ