ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، 1442 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ދަންނަވަން ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި މިގޮތަށް ހަމަޖެހިފައި ވީނަމަވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުގެ އިދާރާތައް ހުޅުވައިގެން ހިދުމަތްދިނުމުގައި އަމަލުކުރަންވާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކަމުގައި ޒާހިރު ވިދާޅުވި އެވެ.
މިގޮތުން އަންނަ ރަމަޟާންމަހުވެސް ކޮވިޑް ފެތުރުން މަދުކުރުމަށްޓަކައި ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައިތިބެގެން ކުރެވޭނެގޮތް ހަމަޖެއްސަން ޖެހެ އެވެ. އަދި ޓީމުތައް ބަހާލައިގެންނަމަވެސް ވީހާވެސް މަދު މުއައްޒަފުން އެއްފަހަރާ އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެގޮތް ހަމަޖެއްސުމަށް އުސޫލުގައިވެ އެވެ. ހަމަ މިއާއެކު، އިދާރާތަކުންދޭ ހިދުމަތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހިދުމަތްދިނުމަށްވެސް އުސޫލުގައިވެ އެވެ.

ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
ސައުދީއަށް ހަނދު ނުފެނުނު
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
