ސަންގު ޓީވީން ދައުލަތުގެ މީޑިއާއަށް 9,500ރ. ނުދައްކާތީ އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ މަސްލަހަތު އޮންނަ ސަންގު ޓީވީން ޕީއެސްއެމް މެދުވެރިކޮށް ވީޑިއޯ ފައިބާލިންކްގެ ހިދުމަތް ހޯދުމަށްފަހު އެ ހިދުމަތަށްވާ 9,540ރ. ނުދެއްކުމުން ޕީއެސްއެމްއިން ވަނީ ސަންގު ޓީވީ ހިންގާ ދިވެހި މީޑިއާ ގްރޫޕްގެ މައްޗަށް ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ސަންގު ޓީވީން ޖަވާބުދާރީނުވުމުން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ.
ހުކުމުގައިވަނީ އެ ފައިސާ 10 ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށް ސަންގު ޓީވީގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.
މިއަދުގެ ދުނިޔޭގައި ސްމާޓް ފޯނަކާ ނުލައި ދިރިއުޅެވިދާނެ ތަ؟
އެކްސިޑެންޓްތަކުގެ އަދަދު 2,300 އިން މައްޗަށް
މަޝްހޫރު ފަންނާނުންނާއެކު އަބޫދާބީގައި މިއުޒިކް ފެސްޓިވަލެއް!