1. ފޮޓޯގްރަފީ މަސައްކަތް ކުރަން އަސްލު އިންޓްރެސްޓް ވީ ކީއްވެ؟
ޖަވާބު: ކުޑައިރުއްސުރެ މަންމަ ކެމެރާއެއް ހިފައިގެން އަޅުގަނޑުމެންނާ އާއިލާގެ ފޮޓޯ ނަގަން އުޅުނުތަން ފެންނާތީ މިކަމަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ. ދެން ސްކޫލް ނިންމާފަ ވަޒީފާއަކަށް ގޮސް ލާރި އެއްކޮށްގެން ފުރަތަމަ ކެމެރާއެއް ގަނެގެން ރައްޓެހިންގެ ފޮޓޯ ނަގަން ފެށީ.
2. ފުލް ޓައިމްކޮށް ސޯލޯކޮށްތަ މި މަސައްކަތް ކުރަނީ؟
ޖަވާބު: ފުލްޓައިމްކޮށް އެކަނި ހަމަ މި މަސައްކަތްކުރަނީ.
3. ކޮން ކަހަލަ ޓައިޕް އޮފް ފޮޓޯގްރަފީއެއް އޮފާ ކުރަނީ؟
ޖަވާބު: ވީޑިއޯގްރަފީ އެއްވެސް ވަރަކަށް ނުކުރަން. ކުރުމުގެ ވިސްނުމެއް އަދިއެއް ނުގެންގުޅެން. ވަކި ކަހަލަ ފޮޓޯގްރަފީއަކަށް ފޯކަސްއެއް ނުކުރަން. ކްލައިންޓެއް ރިކުއެސްޓްކުރާ ކޮންމެ ކަހަލަ ޝޫޓެއް ވެސް ނަގާދެން. އަބަދުވެސް އިންޓްރެސްޓް ހުރޭ ޗެލެންޖެސްއަށް.
4. ކޮން ލޮކޭޝަންތަކެއްގައި މަސަައްކަތްކުރަނީ؟
ޖަވާބު: ވަކި ލޮކޭޝަަނަކަށް އިސްކަމެއް ނުދެން. ކްލައިންޓް ރިކުއެސްޓްކުރާ ކޮންމެ ލޮކޭޝަންއެއްގަ ވެސް ޝޫޓް ކުރަމުން މި ދަނީ. މާލެ ސަރަހައްދު ވިޔަސް ރަށެއް ވިޔަސް.
5. އެންމެ މެމޮރަބަލް ޝޫޓްއަކީ ކޮބާ؟
ޖަވާބު: ފުދޭ ވަރަކަށް އެބަހުރި މެމޮރަބަލް ޝޫޓްސް. އޭގެ ތެރެއިން އެންމެ ހަނދާންވަނީ އަލަށް އެންމެ ފުރަތަމަ ވެޑިންއެއް ޝޫޓް ކުރި ދުވަސް.
6. މިހާތަނަށް ޝޫޓް ކުރި އެންމެ ޗެލެންޖިންގް ޝޫޓަކީ ކޮބާ؟
ޖަވާބު: ވިއްސާރަ ދުވަހެއްހަ ނެގި ގްރޫޕް ގްރެޖުއޭޝަން ޝޫޓެއް. އެ ދުވަހު ހަމަ ކުއްލި ކުއްލިއަށް ވާރޭ ވެހޭތީ ބްރޭކްތައް ނަގަމުން އެކުދިންނާ އެކުދިންގެ އާއިލާއާ އެއްކޮށް ޝޫޓްކުރީ. 2 ގަޑިއިރު ލިބުނީ ޝޫޓް ކުރަން.
7. ފޮޓޯ ނަގަން "އޯކްވޯޑް" ވާ މީހުުން ކޮމްފޮޓަބަލް ކުރަން ކިހިނެތް ހަދަނީ؟
ޖަވާބު: އޯކްވޯޑްވާ ކްލައިންޓެއް ވެއްޖެއްޔާ ޑިސްޓްރެކްޓް ކޮށްލަނީ ކޮންމެވެސް ވާހަކައެއް ދައްކާފައި. ދެން އެ ވާހަކައިގެ ތެރެއިން ކެންޑިޑް ފޮޓޯ ނަގަނީ. ނަގާފަ ޝޮޓް ދައްކާލީމަ އެމީހުންގެ ކޮންފިޑެންސް ލެވެލް ރަނގަޅުވޭ. އެހިސާބުން ޝޫޓް ކުރިއަށް ގެންދަނީ.
8. މި ދާއިރާގެ އެންމެ ޗެލެންޖިންގް ކަމަކީ ކޮބާ؟
ޖަވާބު: މި ދާއިރާގަ ޗެލެންޖިންގް ބައިވަރު ކަންކަން އެބަހުރި. ރަނގަޅު ބެކްއަޕްއެއް ނެތި ފެށޭ ވަރުގެ ކުޑަކަމެއް ނޫން މީ. ވަރަށް ބޮޑު އިންވެސްޓްމެންޓެއް. އަބަދުވެސްް ކޮންމެވެސް އިކުއިޕްމެންޓެއް ބޭނުންވެފަ އޮންނާނީ. މީގެ ގިނަ އިކުއިޕްމެންޓްސް ރާއްޖެއިން ނުލިބޭތީ މި ޖެހެނީ ރާއްޖެއިން ބޭރުން ގަންނަން.
9. ކްލައިންޓް ފީޑްބެކް އަންނަނީ ކިހިނެތް؟ ނެގެޓިވްކޮށް އާދޭތަ؟
ޖަވާބު: ކޮންމެވެސް ވަރަކަށް ނެގެޓިވް ފީޑްބެކް އާދޭ. އެއީ ކުރިއެރުމެއް ކަމަށް ބަލަނީ. ގިނައީ ޕޮސިޓިވް ފީޑްބެކް. ކޮންމެ ޝޫޓެއް ނިންމާލާފަވެސް ބުނަން ވަރަށް އޮނެސްޓް ފީޑްބެކްއެއް ދޭން.
10. ފޮޓޯގްރަފީގެ އިތުރުން އެއްވެސް މަސައްކަތެއް ކުރަންތަ؟
ޖަވާބު: އިތުރު ވިޔަފާރިއެއްވެސް ކުރަން. އެއީ ޝައިނީ ކޮސްމެޓިކްސް ކިޔާ ކޮސްމެޓިކްސް ފިހާރައެއް. މި ވިޔަފާރިކުރަނީ ކ. މާފުށީގައި.