ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނިންމައި ދޫކުރި 4،000 ފްލެޓްގެ ލިސްޓް އަލުން އިވަލުއޭޓްކޮށް ނިންމި އިރު ފްލެޓް ލިބޭ ކަމަށް ޝަރުތުހަމަވީ އެންމެ 1820 މީހުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ފްލެޓް ލިސްޓް ނެރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫމާތު ހާމަކުރައްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުނަށް ދިން ޕޮއިންޓު ސައްހަ ނޫން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރެފައިވެ އެވެ. ނަމަވެސް އޭސީސީން އެ ފްލެޓްތައް ދޫކުރުވުން ހުއްޓުވައި ފްލެޓް ލިބުނު މީހުންގެ ލިސްޓް އަލުން އިވަލުއޭޓް ކުރުމަށް ހައުސިން މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.
ސަރުކާރުން ފްލެޓް ލިސްޓްތައް އަލުން ބެލުމަށް ދިގު މުއްދަތެއް ނެގުމަށްފަހު، ލިސްޓް އާންމުކުރާނެ އެކި ތާރީހު ދިނުމަށްފަހު މިއަދު އިއުލާން މިކުރި ލިސްޓާއެކު އިންތިޒާރުގައި ތިބި އެތައް ބަޔަކު ވަނީ މާޔޫސްވެފަ އެވެ.
ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު މޫދަށް އެއްލާލައިފި
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް