މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް (ހައުސިން މިނިސްޓްރީ) އިން ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، އެ މިނިސްޓްރީ ހިންގާ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ފޯރިމަރަން ފަށައިފި އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ މިނިސްޓްރީގެ މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި، ވޭތުވެދިޔަ ދެ ރޭ ވެސް ފުލުހުން ވަނީ މިނިސްޓްރީގެ ދޮރުމަތީގައި ފާރައަށް ތިބެފަ އެވެ. އޭނާ ބުނި ގޮތުގައި ފުލުހުން ފޯރިމަރަނީ ރޭގަނޑު އޮފީސް ބަންދު ގަޑިތަކުގަ އެވެ. އަދި އާދީއްތަ ދުވަހު ރަސްމީކޮށް އޮފީސް ހުޅުވަންދެން ވެސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށާއި، މިފަދަ ފިޔަވަޅެއް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެޅުއްވީ މިނިސްޓްރީގެ މުވައްޒަފުންނަށް އިތުބާރު ނުކުރައްވާތީ ކަމަށް ބައެއް މުވައްޒަފުން ތުހުމަތުކުރާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓްރީގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް އެ މިނިސްޓްރީން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ގޮސްފަ އެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ 7:18 ހާއިރު ފުލުހުން އެތަނަށް ހާޒިރުވެ، ފޮރެންސިކް ޓީމަކުން ވަނީ ތަހުގީގީ ހަރަކާތްތަކެއް ހިންގާފަ އެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން މީޑިއާތަކުން އެ ސަރަހައްދު ބެލި ވަގުތު ދުވާލުގެ ވަގުތު ފުލުހުން ފެންނަން ނެތް ނަމަވެސް، ރޭގަނޑުގެ ވަގުތުތަކުގައި ފުލުހުން ގެންދިޔައީ މިނިސްޓްރީ ކައިރީގައި ފޯރިމަރަމުންނެވެ.
ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައިވާއިރު ދައުލަތަށް ވަގުތުން ލިބޭނެ އާމްދަނީއެއް ނުވަތަ ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާއެއް ސާފުކޮށް އެނގެން ނެތުމުން، މި މުއާމަލާތުން ހަގީގީ މަންފާ ލިބެނީ ކޮން ބަޔަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން!
ރަސްމާލޭގެ ދުސްތޫރީ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
ރަސްމާލޭގެ ބިން އޮޓޮމެޓިކުން ވާރުތައެއް ނުވާނެ: މުއްތަލިބް
ރަސްމާލެ އެއްބަސްވުމުގައި ކޮންމެ ބަދަލަކާއެކު އިތުރު 99 އަހަރު
ލިޔެކިޔުންތަކެއް ގެއްލި، ފުލުހުން ހައުސިން މިނިސްޓްރީއަށް!
މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ބޭނުންވާ ފަންޑް ހޯދަން ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިއްކި ރަސްމާލެ ގުރުބާންކޮށްގެން 2 ބިލިއަން ޑޮލަރު އެޑްވާންސަށް ނަގާ އެފައިސާގެ ކަންކަން ހަމަޖައްސަން ސިންގަޕޯރ އަށް މުއިއްޒު ވަނީ ގޮސްފައޭ މިވަގުތަކަީ މުއިއްޒު ސްވިސް ބޭންކް އެކައުންޓަށް 2 ބިލިއަން ޑޮލަރު ޖަމާކުރުމުގެ ސީކްރެޓް ޑިސްކަޝަން ޕްރޮސެސް ހިނގަމުންދާ ވަގުގޭ އާރފްޓަރ އޯލް އަވަރ ކަންޓްރީ ސްޓޭޓް ފަންޑް އިޒް ލޫޓެޑް ބައި ދަ ލީޑަރސް އޮފް އަސް އައި ޖަސްޓް ވޮނާ ނޯ ވައި ލުޓޭރޭސް އާރ އިން ދަ ލީޑަރޝިޕް..