ވ. ފުލިދޫގައި ބޭއްވި މޫދު ކުލާހެއްގައި ނޭވާލާން އުނދަގޫވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ 4:30 އެހައިކަންހާއިރު، ފުލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް، 6:14 އެހައިކަންހާއިރު މީހާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ، ބ. ކުޑަރިކިލު، ރޮކެޓް، އައިޝަތު އާތިފާ، 39 އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް އައިޖީއެމްއެޗްގައި ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ޕީކް ސީޒަނާ ދިމާކޮށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެއްޖެ
ސްޓްރޯކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަން
ޖޭއެސްސީ ޖަވާބުދާރީކުރުވަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
