ތަގުދީރުގައި ކަންތައް ވާން އޮތް ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ އެވެ. ބްރެޒިލްއަށް ނިސްބަތްވާ މި ފިރިހެން މީހާ އުފަންވިއިރު ބޯ ހުރީ ފަހަތަށް ލެނބިފަ އެވެ. ސައުވީސް ގަޑިިއިރު ވަންދެން ވެސް އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދެއް ޑޮކްޓަރުން ނެތެވެ.

އެހެނަސް ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އޭނާގެ އުމުރުން މިހާރު 44 އަހަރެވެ.

ކްލައުޑިއޯ ވިއެރިއާ ޑި އޮލިވެއިރާ ނަމަކަށް ކިޔާ މި މީހާ ދިރިއުޅެނީ ބްރެޒިލްގެ އިރު އުތުރުގައި އޮންނަ ބާހިއާ ކިޔާ އަވަށެއްގަ އެވެ. އޭނާ އަށް ދިމާވެފައިވާ ސިއްހީ މައްސަލައަށް ކިޔަނީ އާތްރޯގްރިޕޯސިސް މަލްޓިޕްލެކްސް ކޮންޖެނިޓަލް އެވެ.

މި ހާލަތުގެ ސަބަބުން އޭނާގެ އަތާއި ފައި އަދި މޭމަތީގެ މަސްތައް ހަލާކުވެ އެވެ. އަދި އޭގެ ސަބަބުން އޭނާގެ ބޯ އޮންނަނީ އެއްކޮށް ފަހަތަށް ލެނބިފަ އެވެ.

ކްލަައުޑީނީއޯ އޭނާގެ ރައްޓެހިންތަކަކާ އެކު ގޮނޑުދޮށުގައި

ކަމާބެހޭ މާހިރުން ލަފާކުރެއްވީ ވިހެއިތާ 24 ގަޑިއިރު ވަންދެން ވެސް އޭނާ ދުނިޔޭގައި ނުހުންނާނެ ކަމަށެވެ.

އެ ހުރިހާ ކަމަކާއެކު ވެސް މިހާރު އުމުރުން 44 ވެފައިވާ ކްލައިޑީނިއޯ ބޭނުންވަނީ މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށެވެ.

ކްލައުޑީނިއޯގެ ހުވަފެންތަކަށް އޭނާގެ ހާލަތުގެ ހިޔަނި އެޅުނަ ނުދެ އެވެ. ކުޑައިރުއްސުރެ އޭނާ ވަނީ ގޭގައި މަންމަ އާއި އެކު ލިޔަން ކިޔަން ދަސްކޮށްފަ އެވެ.

އެންމެ ދުވަހަކު ވެސް ދުނިޔޭގެ ހުންނާނެ ކަމުގެ އުންމީދު ނެތް ކްލައުޑީނިއޯ ވަނީ މިހާތަނަށް އޭނާގެ ޑީވީޑީ އެއް ލޯންޗްކޮށް، އޮޓޯ ބަޔޮގްރަފީއެއް ލިޔެފަ އެވެ. މީގެ އިތުރުން އޭނާ ދަނީ 2000 ވަނަ އަހަރުން ފެށިގެން އެކި ތަންތަނުގައި ސްޕީޗް ދެމުންނެވެ.

ކްލަައުޑީނީއޯ

ކޮވިޑް-19 އާ ގުޅިގެން މިހާރު ސްޕީޗް ދިނުން އޮތީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. ކްލައުޑީނިއޯގެ އުންމީދަނީ ވީހާ ވެސް އަވަހަށް މި ޕެންޑެމިކް ނިމި އަނބުރާ ކުރީގެ ހާލަތަށް ދެވޭނެ ދުވަހެއް އައުމެވެ.