ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކޯޓަށް އާ އިމާރާތެއް އެޅުމަށް މާލޭގެ ޕްރައިމް ސަރަހައްދަކުން ބިމެއް ހަމަޖައްސާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ ފުރަގަހުގައި، ބޮޑުތަކުރުފާނު މަގުން އަދި ރަސްފަނު ކުރިމަތިން ލިބިފައިވާ މި ބިމަކީ 18،000 އަކަފޫޓުގެ ސަރަހައްދެކެވެ.
މި ބިމުގައި ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓު އެންމެ ފުރަތަމަ ހިންގަމުން އައީ މުލީއާގޭގަ އެވެ. ނަމަވެސް، މުލީއާގެ އަލުން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާ ގުޅިގެން، 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކޯޓު ހިންގަމުން އަންނަނީ ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގަ އެވެ.
ވަގުތީ ބޮޑުވަޒީރު ކަމުގައި ނަތަންޔާހޫ ދެމިހުންނާނެ
ބޮލްސޮނާރޯ އޭނާއަކީ "ބްރެޒިލްގެ ޒައީމް" ކަމަށް ބުނެފި