އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި ނުވަނީސް، ގޯތި ކަނޑާފައި ދިން މައްސަލައާ ގުޅިގެން ހިފެހެއްޓި ޕާސްޕޯޓްތައް ދޫކޮށްލައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވަގަށް ގޯތި ދިން މައްސަލައާ ގުޅިގެން ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓް ހިފެހެއްޓިއެވެ.
މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލާގައި ހިފެހެއްޓި ޕާސްޕޯޓްތައް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފަޒުލްގެ ބޭބެއަށް ވަގަށް ގޯތި ދީފައި ވަނީ ހައުސިން މިނިސްޓްރީގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެނެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލްގެ ގެ ބަލައި ފާސްކުއިރިއިރު، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނުނެވެ. އެ ފައިސާތައް ފުލުހުން ހިފެހެއްޓުމުން އަމިއްލަ ކުންފުންޏަކުން އެ ފައިސާއާ ހަވާލުވުމުން ފުލުހުން ވަނީ އިތުރަށް އެ މައްސަލަ ތަހުގީގުނުކޮށް އެ ކުންފުންޏަށް އެ ފައިސާތައް ދޫކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް ހައްޔަރެއްވެސް ނުކުރެ އެވެ.
އެ މައްސަލާގައި ދެން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެޗްޑީސީގެ ބޯޑު މެންބަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު)ގެ އިތުރުން އެ މިނިސްޓްރީގެ މިހާރުގެ އަދި ކުރީގެ ސިޔާސީ ބައެއް ވެރިން ހިމެނެ އެވެ.
މިނޫނީ ވަގުން ބަތަލުންނަށްވާ ޤައުމެއް މި ދުނިޔެމަތީގަޔެއް ނެތް.
ރިޕްލައި