ހިންދީ ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވިވިއަން ޑިސެނާއަކީ 2019 ވަނަ އަހަރު އިސްލާމް ދީނުގެ ހިދާޔަތް ގަބޫލުކުރި އެކްޓަރެކެވެ.
އަހަރުތަކެއް ވަންދެން ސިއްރު ކުރުމަށްފަހު 2023 ވަނަ އަހަރު އެކަން ޔަގީން ކޮށްދެމުން ވިވިއަން ބުނީ ފަސް ވަގުތު ނާޅާ ނަމާދު ކުރުމަކީ އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.
ވިވިއަން އިތުރަށް ބުނީ އިސްލާމް ދީނުގެ ހިދާޔަތު ލިބިގަންނަން ކުރި ދަތުރަކީ އޭނާއަށް ނަފްސާނީ އަދި ރޫހާނީ ގޮތުން ވެސް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ދަތުރެއް ކަމަށެވެ.
"އަހަރެންގެ ދިރިއުޅުމަށް މާ ބޮޑު ބަދަލުތަކެއް ނާދޭ. އަހަރެން އުފަންވީ ނަސާރާއެއްގެ ގޮތުގައި، މިހާރު އަހަންނަނީ މުސްލިމެއް" ވިވިއަން ބުންޏެވެ.
"މަދޫބަލާ"، "ޝަކްތީ" އަދި "ބިގްބޮސް" ފަދަ ޝޯތަކުން ފެނުނު ވިވިއަން މިހާރު އުޅެނީ ނޫރާން އަލީއާ ކައިވެނި ކޮށްގެންނެވެ. އޭނާގެ ދެ އަހަރުގެ ކުއްޖެއް ވެސް ހުރެ އެވެ.
ވިވިއަންއަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާއަށް ވަރަށް ފޮރުވައިގެން އުޅޭ އެކްޓަރަކަށް ވާއިރު އޭނާ ދީން ބަދަލުކުރިކަން ޔަގީން ކޮށްދީފައި ވަނީ ވެސް ގިނަ ބަޔަކު އެ ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުންނެވެ.