ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
ރޭ މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގަ އެވެ. އަދި އަތޮޅު ތެރޭގައި ރަސްމިއްޔާތު ބޭއްވީ އެ ރަށެއްގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގަ އެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިކޮށްގެން ދިދަނެގުމުގެ ރަސްމިއްޔަތު ބާއްވަ އެެވެ.
އެހެން ނަމަވެސް، ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް ފެތުރިފައިވާ މިދަނޑިވަޅުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވީ ހަމައެކަނި ދިދަ ވެރިންނާއެކު ކަމަށް ފުލުހުން ބުންޏެވެ.
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ ޝަރީއަތް މާދަމާ
ނާގޮށި ނިންމައި އަހަރެއް ތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން
ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ދީގެން ނުވާނެ "ނަސޭހަތެއް"!
