އދ. އޮމަދޫގައި ޕޮލިސް ޕޯސްޓެއް ގާއިމްކޮށް އެތަނުގައި ހިދުމަތްދޭން ފަށައިފި އެވެ.
އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރައްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އިސް އޮފިސަރުން، އަދި އޮމަދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕޮލިސް ޕޯސްޓެއް ގާއިމްކުރުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ފުލުހުންދޭ ހިދުމަތަކީ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި މަދަނީ ޖަމްއިއްޔާތަކާއި ގުޅިގެން، ޑިމޮކެރެޓިކް ވެއްޓަކަށް އެކަށޭނަ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެބޭފުޅުންގެ މަގްސަދުކަމަށް ވިދާޅުވި އެވެ.
އޮމަދޫގައި ޕޮލިސް ޕޯސްޓެއް ގާއިމްކުރެވުމާއެކު އދ. މަހިބަދޫގެ ޕޮލިސް ޕޯސްޓުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އޮމަދޫއަށް ދިއުމަށް ނިމުމަކަށް އަންނާނެ އެވެ.
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
ގަދަ 16ގެ ޖާގަ ހޯދުމުން މިއަދު ޕެރަގުއޭގެ ސަރުކާރު ބަންދު
