ފުރާވަރަށް އަޅާ އުމުރު ނުވަތަ ޓީނޭޖް އުމުރުގައި އެއްވެސް މަގްސަދެއްނެތި ފޯނާއި ކުޅުމަކީ ޑިޕްރެޝަންގެ އަލާމާތެއް ކަމަށް ދިރާސާއަކުން ދައްކައިފި. މި ދިރާސާގައި ކުދިންގެ އުމުރު، ޖިންސް އަދި އުފެދުމުގައި ހުރި މައްސަލަތަކާއި ސިއްހީ ހާލަތައް ވަނީ ރިއާޔަތް ކުރެވިފައިވޭ. ގިނަ ވަގުތު ފޯނުގައި ހޭދަކުރުމަކީ ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް ހެލިފެލިވުން މަދު، މީހުންނާއި އެކަހެރިވެއުޅެން މެދުވެރިވާ އަދި ނިދިން މަހުރޫމުކުރުވާ ކަމެއް ކަމަށްވޭ. މި ދިރާސާގެ ސަބަބުން ހެދިބޮޑުވާ އުމުރުގައި ގިނައިން ފޯނުބޭނުން ކުރުމުގެ ސަބަބުން ގެއްލުން ލިބޭނެ ކަމަށް ދެކެވޭ ވާހަކައަށް އިތުރު ބާރު ލިބިގެންދޭ.

ހުރިހާ އުމުރެއްގެ މީހުންގެ ތެރޭގައިވެސް އަބަދުފޯނު ބޭނުންކުރުމާ ނަފްސާނީ ބަލިމަޑިކަމާ ގުޅުމެއް ވާކަމަށް އެކި ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް ހެދިބޮޑުވަމުން އަންނަ އުމުރުފުރައިގެ ކުދިންގެ މެދުގައި ގިނަ ވަގުތު ބޭކާރުގޮތުގައި ފޯނާ ކުޅެމުން ގެންދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ހިމެނޭ، އެކަމުގެ ސަބަބުން ދެނެގަންނަން ބޭނުންވެފައިވާ މަސަލައެކެވެ.

ފުރާވަރަށް އަޅާ އުމުރުގައި ފޯނާ ދޯޅުނަމަ އެކަމަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލް ކުރާކަމުގެ އަލިގަދަ ހެއްކެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކަ އެވެ. "ކޮމްޕިއުޓާސް އިން ހިއުމަން ބިހޭވިއާސް" މަޖައްލާގައި ޝާއިއުކޮށްފައިވާ މިދިރާސާގައި ބުނެފައި ވަނީ ހަފުތާ ބަންދު ނޫންް ދުވަސްތަކުގައި ދެގަޑިއިރަށް ވުރެ އިތުރަށް އެއްވެސް ބޭނުމަކާއި ނުލައި ފޯނު ބަލަމުން ގެންދާ ކުދިންނަކީ ނަފްސާނީ ބަލިމަޑުކަމެއް ކަމަށްވާ "އެންޒައިޓީ" ހުންނަ ކުދިންކަން ދެނެގަނެވިފައިވާ ކަމެވެ.

ޚާއްސަކޮށް އެއްވެސް މަގްސަދެއް ނެތި، ބޭކާރު ގޮތުގައި ފޯނުބަލާ ހަދާނަމަ އެކަމުން ވަރަށް ބޮޑަށް ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލް ކުރަމުންދާ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. މި ދިރާސާގައި ކުދިންގެ އުމުރު، ޖިންސް އަދި އުފެދުމުގައި ހުރި މައްސަލަތަކާއި ސިއްހީ ހާ ލަތަށްވަނީ ރިއާޔަތް ކުރެވިފަ އެވެ.

ފޯނަށް ދެވި ހިފުމަކީ ނަފްސާނީ މައްސަލައެއް: ދެގަޑިއިރަށްވުރެ ސްކްރީން ވަގުތު އިތުރު ނުކުރަން ސިއްހީ މާހިރުން ލަފާދެއްވާ

ކޮވިޑްއަށްފަހު ފޯނު ބޭނުން ކުރުމާއި އެއާ ވިދިގެން އަންނަ ނަފްސާނީ ބަދަލުތަށް މި ދިރާސާ ކުރެއްވި ޓީމުން ވަނީ ދެނެގެންފަ އެވެ. އޭގައި ވާގޮތުން ކޮވިޑް ތެރޭގައި ފޯނުގެ ބޭނުންކުރުން ގިނަވެފައި ވަނީ އެކަނިވެރިކަން ފިލުވައިލުމަށްޓަކައި ކުރެވުނު ކޯޕިން ސްޓްރެޓެޖީ (ކެތްތެރިވުން)އެއްގެ ގޮތުގަ އެވެ. އެކަމަކީ އެފަދަ ދުވަސްވަރަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދިރާސާގެ ޓީމުން ފާހަގަކުރެ އެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކެނެޑާގެ "ނިއުރޯސައިސް އެންޑް ލާނިން ޑިސްއޯޑާ"ގެ އެމާ ޑުއޭޑޮން ވިދާޅުވިގޮތުގައި، ފުރާވަރަށް އަޅަމުން އަންނަ ދުވަސްވަރަކީ ހަށިގަޑަށް އަންނަ ބަދަލެއްގެ ސަބަބުން، ހިތްނުތަނަވަސްކަން އިތުރުވާ އުފެދުމުގެ މަރުހަލާއެއް ކަމަށާއި، ކޮވިޑް ތެރޭގައި އެ އުމުރުގެ ކުދިންގެ މެދުގައި ފޯނު ބޭނުންކުރުން އިތުރުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު ފޯނު ބޭނުންކުރުން ގިނަވެފައި ވަނީ އޭރުގައި ދިމާވެފައިވާ އިޖްތިމާއީ އެކަހެރިކަމަށް ހައްލެއްހޯދުމަށް ފަރުވާއެއްގެ ގޮތަށް ކަމަށް ބެލެވިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް ނެތި ފޯނު ބޭނުންކުރުން ހުއްޓިފައި ނުވުމަކީ ޑިޕްރެޝަންގެ މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވިފައިވާ ކަމަށް އެމާ ވިދާޅުވި އެވެ. އަދި ފޯނާއި ދޯޅުވުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ މިންވަރު ދެނެގަނެވުމަށް އިތުރު ދިރާސާތަކެއް ކުރެވުނު ކަމަށް ބުނެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހިތް ނުތަނަވަސްކުރުވަނީ ސީދާ ކޮންހަރަކާތަކުންތޯ ބެލި އިރު އެޓީމަށް ފާހަގަ ކުރެވިފައިވަނީ އެއްވެސް މާނައެއްނެތި، ބޭނުންމެއް ނެތި ފޯނާ ކުޅުން ކަމަށް ދިރާސާއިން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ބޭނުމަކާއި ނުލައި ފޯނާކުޅުން: ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތެއް ކަމަށް ދިރާސާއިން ހޯދިފައިވޭ

މި ދިރާސާގެ ސަބަބުން ހެދިބޮޑުވާ އުމުރުގައި ގިނައިން ފޯނުބޭނުން ކުރުމުގެ ސަބަބުން ގެއްލުން ލިބޭނެ ކަމަށް ދެކެވޭ ވާހަކައަށް އިތުރު ބާރު ލިބިގެންދެ އެވެ. ހަފްތާގެ ތެރޭގައި ވަކި ތާވަލަކަށް ކަންކަން ރޭވިފައި އޮންނައިރު ދެގަޑިއިރަށް ވުރެ ސްކްރީން ވަގުތު އިތުރުވާ ނަމަ، ކަންކަން ތާވަލުން ނެއްޓި، ހަރަކާތްތެރިވެ އުޅުން މަދުވެ، ހަމަނިދި ލިބުމުން މަހުރޫމްވެ އަދި މީހުންނާ އެކަހެރިވެ އެވެ. މިހުރިހާ ކަމަކީ ނަފުސާނީ މައްސަލަތަކަށް މަގުފަހިކޮށްދޭ ކަންކަމެވެ.