ރޭ ބޭއްވި އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭސް) 2025 ގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއަށް އެއްވެސް އެވޯޑެއް ނުލިބި "ހުސްއަތާ" ނުކުންނަން ޖެހިއްޖެ އެވެ.

އޭއެމްއޭސްގައި ޓޭލާއަށް ތަފާތު ހަ ކެޓަގަރީއަކުން ނޮމިނޭޝަން ލިބުނު ނަމަވެސް އެއިން އެއްވެސް ކެޓެގަރީއަކުން އޭނާއަށް އެވޯޑް ލިބިފައެއް ނުވެ އެވެ.

އެ އެވޯޑްގައި ޓޭލާއަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި ފޭވަރިޓް ފީމޭލް ޕޮޕް އާޓިސްޓް، އާޓިސްޓް އޮފް ދަ އިޔާ، އަލްބަމް އޮފް ދަ އިޔާ، ފޭވަރިޓް ޕޮޕް އަލްބަމް، ކޮލެބޮރޭޝަން އޮފް ދަ އިޔާ އަދި ފޭވަރިޓް ޓުއަރިން އާޓިސްޓް ހިމެނެ އެވެ.

ޓޭލާގެ ބަދަލުގައި އެ ކެޓަގަރީތަކުން އެވޯޑް ގެންދިޔައީ ބިލީ އެއިލިޝް، ގްރޭސީ އަބްރާމްސް އަދި ލޭޑީ ގާގާ - ބްރޫނޯ މާސް އެވެ.

މިއިން އެއްވެސް ކެޓެގަރީއަކުން ޓޭލާއަށް ކާމިޔާބު ލިބިފައިނުވާއިރު އޭނާގެ ސަޕޯޓަރުން އުއްމީދުކުރި ގޮތާ ޚިލާފަށް އެވޯޑް ހަފްލާގެ ތެރެއިން ޓޭލާގެ ފެނިލުމެއް ވެސް ފެނިގެން ގޮސްފައެއް ނުވެ އެވެ.

ޓޭލާގެ ސަޕޯޓަރުން އުއްމީދު ކޮށްގެން ތިބީ އެވޯޑް ހަފްލާގެ ތެރެއިން އޭނާގެ ހަވަނަ އަލްބަމް "ރެޕިއުޓޭޝަން" އިއުލާން ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ޓޭލާއަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު އޭނާގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެއާއެކު މިއަހަރުގެ އޭއެމްއޭސް ބޮއިކޮޓް ކުރަން ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.