ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ދެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްއަށް ފާޑު ކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ ޕީއެސްއެމްގެ ފޮޓޯގްރާފަރު ރާއިފް ޔޫސުފެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދެމުން ރާއިފް ބުނީ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން މިއަދު އޭނައާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ލިޔުމުގައިވާގޮތުން ވަޒީފާއިން ވަކިކުރީ އޮފީހަށް ހާޒިރުނުވާތީ ކަމަށާއި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ޕީއެސްމްއާ ސުވާލުކޮށް ދެކެވުނު ވާހަކަތަކުގައި އެތަނުން ދެއްކި ވާހަކަތައް ދިމާނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
ރާއިފް ބުނީ އޭނާ ވަކިކުރި ހަގީގީ ސަބަބަކީ ޕީއެންސީގެ އެކްޓިވިސްޓް ޝިއުނާ އާއި މަލްޝާއަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ކޮމެންޓް ކުރުމުން ކަމަށެވެ. އެ ދެ މީހުންނަށް ފާޑުކިޔުމުން އޭނާއަށް ނަސޭހަތް ވެސް ދިން ކަމަށް ރާއިފް ބުންޏެވެ.
އޭނާ ވަޒީފާއިން ވަކިކުރީ "ޝިއުނާ އާއި މަލްޝާ އިންޑިއާ އާ ޖައްސާލައި ސޯޝަލްމީޑިއާގައި ކުރި ކަންތަކުން ގައުމުގެ ޓޫރިޒަމްއަށް ލިބުނު ގެއްލުން ކުޑަތޯ؟" މިފަދައިން ފޭސްބުކު ޕޯސްޓަކަށް ކޮމެންޓް ކުރުމުންނެވެ.
އެކަމާ ބެހޭގޮތުން އެޗްއާރަށް ހާޒިރުކޮށް ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ކޮމެންޓުން ދޭހަވަނީ އޭނާ އަކީ އެމްޑީޕީ މީހެއް ކަމަށް ވެސް ބުނެފައިވާ ކަމަށް ރާއިފް ކިޔައިދިނެވެ.މަލ
ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފި
ގެއްލިފައިވާ އެކްޓަރު ރާޖް ކިރަން ހޯދަން 5000 ޑޮލަރުގެ އިނާމެއް!
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ
