ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފްގެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އޭސީޕީގެ މަގާމުން މިދިޔަ ބުދަ ދުވަހު އާސިފް ވަކިކުރީ ޕްރިޒަންސް ކުލަބްގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލާގެ ތުހުމަތުގަ އެވެ. އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު އެވެ.
އާސިފްގެ ފަރާތުން ވަނީ އޭނާ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރަން ނިންމައިފަ އެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރުގައިވަނީ އެ މަގާމަށް މުވައްޒަފަކު ނުނެގުމަށާއި އަދި އެ މަގާމުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށެވެ.
ނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުން އަންނަ މަހުގެ 17 ގެ ކުރިން އާސިފްގެ ފަރާތުން ދައުވާ ނުކޮށްފިނަމަ ވަގުތީ އަމުރު ނިމުމަކަށް އަންނާނެ އެވެ
ފެނަކައިގެ އެމްޑީއަކަށް އަފީފް އައްޔަންކޮށްފި
އެމެރިކާގެ މަންދޫބުންގެ ޕާކިސްތާނު ދަތުރު ކެންސަލްކޮށްފި
މަސްތުވާތަކެތީގެ މައްސަލައިން ޝްރައްދާ އާއި ނޯރާ ސަލާމަތްވެއްޖެ
