ހަށިގަނޑު ރަނގަޅަށް ތިބޭ އަންހެނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮންނަނީ އެމީހުންގެ ހަށިގަނޑާ ގުޅޭ ފެޝަން ސްޓައިލްތައް ހޯދަން އުނދަގޫ ވުމެވެ.

އެފަދަ އަންހެނުންނަށް އޮތް އުފާވެރި ހަބަރަކީ ބަރުދަން ކޮންމެ ގޮތަކަށް ހުއްޓަސް ހެދުން އެޅުމުގައި އެމީހެއްގެ ހަށިގަނޑާ ގުޅޭ ސްޓައިލްތައް ބޭނުން ކުރެވޭނެ ކަމެވެ. އެގޮތުން ޕްލަސް ސައިޒް އަންހެނުންގެ އަލަމާރީގައި ހިމެނެންޖެހޭ ބައެއް ތަކެއްޗަށް ބަލާލާނަމެވެ.

1. ފައިކުރި ފުޅާ ޖީންސް/ ބެލްސް

ފައިކުރި ފުޅާ ޖީންސް/ ބެލްސް

ފައިކުރި ފުޅާ ޖީންސް ނުވަތަ ބެލްސްއަކީ ފަލަކޮށް ތިބޭ އަންހެނުންގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. އެ ޖިންސުތަކުން މީހާ ދިގު ކަމަށް ދައްކައި ހަށިގަނޑުގެ ބައްޓަން ރީތިކޮށް ދައްކައިދެ އެވެ.

2. މިޑީ ހެދުމެއް

މިޑީ ހެދުމެއް

ކަކުލުން ތިރިއަށް ފަހާފައި ހުންނަ މިޑީ ހެދުންތަކަކީ ލައިގެން އުޅެން ފަސޭހަ އެންމެ ފަހުގެ ޓްރެންޑީ ފެޝަން ސްޓައިލް ކަމުގައި ބުނެވިދާނެ އެވެ. މިފަދަ ހެދުންތަކުގައި ފަސޭހަ ކަމާއެކު އުޅެވޭއިރު ބައްޓަން ވެސް ރީތިވެ އެވެ.

3. ބްލޭޒާ ކޯޓެއް

ބްލޭޒާ ކޯޓެއް

ބްލޭޒާ ނުވަތަ ކޯޓަކީ ހަމައެކަނި އޮފީސް ފަދަ ރަސްމީ ތަންތަނަށް ދާން ބޭނުންކުރި އެއްޗެއް ކަމުގައިވި ދުވަސް ފާއިތުވި ހިނގައްޖެ އެވެ. މިހާރު އެއީ އާއްމު ދިރިއުޅުމުގައި ވެސް ބޭނުންކުރަން އެންމެ ރީތި އެއް ސްޓައިލެވެ. ޕްލަސް ސައިޒް އަންހެނުންނަށް ރަނގަޅުވާނީ ތަންކޮޅެއް ދިގުކޮށް ހުންނަ ކޯޓުތަކެވެ.

4. ކަފްތާން ކުރުތާއެއް

ކަފްތާން ކުރުތާއެއް

ކަފްތާން ސްޓައިލްއަކީ ހެދުން ފެހުމުގައި އަތް ވަކި ނުކޮށް ފަހާފައި ހުންނަ ހެދުންތަކެވެ. މިފަދަ ހެދުންތަކުން ހަށިގަނޑުގެ މަސްތައް ފޮރުވައިދޭއިރު ލައިގެން އުޅެން ވެސް އަރާމުވާނެ އެވެ.

5. ޖަމްޕްސޫޓް

ޖަމްޕްސޫޓް

މަތިއާއި ތިރި އެއްކޮށް ފަހާފައި ހުންނަ ޖަމްޕްސޫޓުތަކުން ބައްޓަން ރީތިކޮށް ދައްކައިދެ އެވެ. މިފަދަ ޖަމްޕްސޫޓުތައް ހިޔާރު ކުރުމުގައި ބަންދު އައްސާ ގޮތަށް ފަރުމާ ކޮށްފައިވާ ސްޓައިލްތައް ހިޔާރް ކުރާށެވެ.

6. ލިނެން ގަމީސް ހެދުމެއް

ލިނެން ގަމީސް ހެދުމެއް

ލިނެންއަކީ ގަޔަށް ފަސޭހަ ލުއި މެޓީރިއަލްއަކަށް ވާއިރު މިފަދަ ގަމީސް ނުވަތަ ހެދުންތަކަކީ ހަށިގަނޑު ރަނގަޅުކޮށް ތިބޭ އަންހެނުންނާ އެންމެ ގުޅޭ އެއް ސްޓައިލެވެ.