ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

މި އޮފާތައް އިއުލާނުކޮށްފައި ވަނީ މިއަދު ހެނދުނު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ދިރާގުގެ މި ދަތުރުގެ ބައިވެރިން ކަމަށްވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ޝުކުރު އަދާކޮށްފަ އެވެ. އަދި، މިއަދާ ހަމައަށް އެ ކުންފުނިން ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް ދިރާގުގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެ އެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް. މި ގޮތުން، ދިރާގަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި އުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި މި ވަނީ ހާއްސަ އޮފާތަކެއް ތައްޔާރުކޮށްފައި،" ޗީފް ކޮމާޝަލް އޮފިސަރު ވިދާޅުވި އެވެ.

ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ އޮފާތަކަކީ:

  • 37ޖީބީ ހިލޭ، 24 ގަޑިއިރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިއަދު ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ.
  • ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ހާއްސަ އޮފާތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެ. މި ޕްލޭނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ.
  • އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި.
  • ދިރާގު ނެޓް ޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dhiraagu.com.mv ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން 1988 އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފަ އެވެ. މި ކުންފުނިން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް %100 މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތް ވަނީ ރާއްޖޭގެ އާބާދީގެ %70އަށް ފުޅާކޮށްފަ އެވެ. އަދި، ދިރާގުން ވަނީ ރާއްޖޭގެ %100 މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.