ގަހަކާއި ކައިވެނިކުރި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއި ދަރިން ގޭގައި ބައިތިއްބާފައި އެ ގަހާއި އެކީ އެނިވަސަރީ ފާހަގަކޮށްފި އެވެ.

ކޭޓް ކަނިންގްހަމް ވަނީ އެލްޑާ ނަމަކަށް ކިޔާ މި ގަހާ ކައިވެނި ކުރުމަށްފަހު އޭނާގެ ނަމުގެ ފަހަތުބައި އެލްޑާ އަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު އެ 'ދެމަފިރިން'ގެ ދެމެދުގައި ކުރިއަށްވުރެ ލޯބި އިތުރުވެފައިވާ ކަމަށާއި ވަރިވުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުނެ އެވެ.

އުމުރުން 38 އަހަރުގެ ކޭޓް ބުނިގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މި ކައިވެނި ކުރުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ނިންމި އެންމެ ރަނގަޅު ނިންމުމެވެ.

ކޭޓް ބުނި ގޮތުގައި ހަފްތާއަކު މަދުވެގެން ފަސް ފަހަރު ގަހަށް ޒިޔާރަތްކުރާ ކަމަށެވެ.

ކޭޓް ބުނީ ހަފްތާއަކު ފަސް ފަހަރު ގަހަށް ޒިޔާރަތް ކުރާކަމަށް

"އަހަންނަށް އަބަދުވެސް އެންމެ ފުރަތަމަ މުހިއްމު ވާނީ ގަސް. އަހަރެމެން ދިރިތިބެނީ ގަހުގެ ސަބަބުން،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ ގަސް ފެނުމާއި އެކީ "ދަ ވަން" ކަން އެނގުނު ކަމަށެވެ. ކޭޓް ވަރަށް ގިނައިން މި ގަހަށް އަރާ މަންޒަރު ފެންނަ ކަމަށް މީހުން ބުނެ އެވެ.