މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހެއްގެ ވަނަވަރާއެކު ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހަބަރެއް، މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކްގެ ނުފޫޒުން ނަގައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު ފުލުހުން މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރީ ހުސްނީއާ އާއިލީގޮތުން ގާތްގުޅުމެއް އޮންނަ، މަނަދޫ ރޯޝަނީގެ، ހަސަން ނާހިލް،18، އެވެ.
ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރުގައިވާގޮތުން ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން ފެނުމުން އާހިލް އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން، އޭނާގެ އަމަލުތަށް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދަނިކޮށް ނިރޮޅުމަގު ބަސް ސްޓޮޕެއް ކައިރިން އޭނާ މަޑުކުރުވިއެވެ.
ބަސް ސްޓޮޕް ކައިރިން ނާހިލް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި ފެނިފައިވާ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމް ހުރިކަމަށް ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ނާހިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުވުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް މި ހަބަރު މިހާރު ވަނީ ފުލުހުންގެ ވެބްސައިޓުން ނަގާފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމި ކޯޓު އަމުރު ވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ވަނީ ޑިލީޓްކޮށްފަ އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަބަރު ފުލުހުންގެ ވެބްސައިޓުން ނެގީ ތަހުގީގުގެ ބޭނުމަކަށް ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ފުލުހުންގެ ތެރެއިން "ހުރިހާ"އަށް ވަނީ ކަށަވަރުކަމާއެކު މައުލޫމާތު ލިބިފަ އެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. ތަހުގީގުގެ ބޭނުމަކަށް ނޫން. ޖޭއެސްސީގެ ރައީސްގެ އެންގެވުމަށް އެ ހަބަރު ނެގީ،" ފުލުހުންގެ އޮފިޝަލަކު ކިޔައިދިނެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވައިފި
އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެންބަރު ޖަމީލް އުސްމާން
ޖޯޖް ކްލޫނީގެ ދިރިއުޅުން ބަދަލުކޮށްލި ނަސޭހަތެއް!