އެކްޓް ކުރުމަށްވުރެ މިހާރު އޭނާ މޮޅީ ކުޑަކުދިންގެ ނެޕީ ބަދަލު ކުރަން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ވިކީ ކައުޝަލް ބުނެފި އެވެ.
ދާދި ފަހުން އޮތް އެވޯޑް ހަފްލާއެއްގައި ވާހަކަ ދައްކަމުން ވިކީ ވަނީ ބައްޕައަކަށް ވުމަށްފަހު އޭނާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ދަރިފުޅު ލިބުމަށްފަހު އެ ދަރިފުޅު ދޫކޮށް ފިލްމީ މަސައްކަތްތަކުގައި ބޭރަށް ދިއުމަކީ ވެސް އުނދަގޫ ކަމަކަށް ވި ކަމަށް ވިކީ ބުނެފައިވެ އެވެ.
އެއާއެކު ބައްޕައަކަށް ވުމުގެ އިހުސާސަކީ އަދި އަދަށް ދާން ދެން ވެސް ދުލުން ބަޔާން ކޮށްދޭން ނޭނގޭ ކަހަލަ އިހުސާސެއް ކަމަށް ވެސް ވިކީ ބުންޏެވެ.
"މިއީ ދަރިފުޅު ލިބުނު ފަހުން ގެ ދޫކޮށް ދުރަށް އައި ފުރަތަމަ ފަހަރު. އަހަރެން ޝުކުރު އަދާކުރަން ތި އެންމެންނަށާއި އަހަރެންގެ ކުޑަ ދަރިފުޅަށް ވެސް" އެކްޓާ އޮފް ދަ އިޔާގެ އެވޯޑް ގަބޫލު ކުރަމުން ވިކީ ބުންޏެވެ.
2021 ވަނަ އަހަރު އެކްޓަރު ކެޓްރީނާ ކައިފްއާ ކައިވެނިކުރި ވިކީއަށް އޭނާގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ރަންބީރުގެ މޫނު މަތީގައި އަނުޝްކާ ޖެހީ ކީއްވެ؟
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި