އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބައިނަލްއަގުވާމީ މުޖުތަމައަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

މި އިންޒާރާ އެކު އޭނާ ވަނީ ޝަރުތެއް ކަނޑާއަޅާފަ އެވެ. އެގޮތުން އެންމެ މުހިންމު ޝަރުތަކީ އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 11 ޓްރިލިއަން ޑޮލަރުގެ އެސެޓްތައް ވަގުތުން ދޫކޮށްލިމެވެ. އެ އެސެޓް ތައް ދޫކޮށް ނުލާހާ ހިނދަކު ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް އަރަގްޗީ ވިދާޅުވި އެވެ.

"އީރާނުގެ ހިފަހައްޓާފައިވާ 11 ޓްރިލިއަން ޑޮލަރުގެ އެސެޓްތައް މިނިވަން ނުކުރަނީސް ހޯރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކުރެވިފައި،" އަރަގްޗީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މި ސަރަހައްދުގެ ސަލާމަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެކަށީގެންވާ ހުށަހެޅުމެއް ހުށަނާޅައިފިނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފަސްނުކުރެވޭނެ ކަމުގެ އިޝާރާތެއް ވެސް އަރަގްޗީ ވަނީ ދެއްވާފަ އެވެ. މިއާއެކު ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އީރާނުން މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނިންމާފައި ވަނީ އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޭރުގެ ބޭންކުތަކުގައި ހުރި ފައިސާ ހޯދުމުގެ މަގްސަދުގަ އެވެ.